ދެ ފަރާތަށް އުޅަނދު ކައިރި ކުރެވޭ ގޮތަށް އެމްއެމްއޭ ކުރިމަތީ ފަޅުގައި ތިން ފާލަން ހަދާނެ ކަމަށާއި ރިންގްރޯޑްގެ ބާކީ މަސައްކަތްތަކާ އެކު ހުރިހާ މަސައްކަތްތަކެއް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައިލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޭރު މަގު ހަދާ ނިމޭއިރުގެ ޑިޒައިންތައް ފެންނަ ކުރެހުންތަކާއި އެނިމޭޓެޑް ވީޑިއޯއެއް ހިއްސާ ކުރައްވައިފައެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވީ އެ ޑިޒައިންތަކަކީ ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމާއި އެސަރަހައްދުގެ ބަނދަރުތަރައްގީ ކުރުމުގެ އިތުރު ފޭސްތައް ކަމަށެވެ. އެގޮތުން އެ ހުރިހާ މަސައްކަތްތަކާއި އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރުމަގު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަދައި ނިމޭނެ ކަމަށެވެ.
ރައީސް ހިއްސާކުރެއްވި ޑިޒައިންތަކުގައި ބަނދަރު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފައެވެ. އެގޮތުން އެމްއެމްއޭ ކުރިމަތީ ލޯންޗު އަޅަން އޮންނަ ސަރަހައްދުގައި އަރައި ފައިބަން ތިން ފާލަމެއް ހަދަން ނިންމާފައިވެއެވެ. އަދި އެ ފާލަންތައް ހަދަނީ ދެ ފަރާތުން ވެސް އުޅަނދުފަހަރު ކައިރި ކުރެވޭ ގޮތަކަށެވެ.
އެގޮތުން ވީޑިއޯތަކުން ފެންނަ ގޮތުގައި އެއްފަހަރާ އެ ތިން ފާލަމުގެ ދެ ފަރާތުގައި 30 އުޅަނދަށް ކައިރި ކުރެވޭނެއެވެ.
މީގެ އިތުރުން މަސްވެރިން ޕާކުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް އޮންނަ ސަރަހައްދުގައި ވެސް ތިން ފާލަން ގާއިމް ކުރަން ވަނީ ނިންމައިފައެވެ. ދެ ފަރާތުގައި އުޅަނދު އެޅޭ ގޮތަށް ހަދާ އެ ފާލަންތަކުގައި އެއް ވަގުތެއްގައި 18 ލޯންޗު ކައިރި ކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް