ހުޅުމާލެ ފޭސް އެކެއްގައި ސަރުކާރުން ތަރައްގީ ކުރާ މީޑިއާ ވިލެޖުން ކުލީގެ ގޮތުގައި ނަގާނީ ރަމްޒީ އަދަދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހާ ގުޅިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިވަން ދުވަހެއް ފާހަގަކުރަމުންދާ އިރު، އެތައް ގޮތަކުން އެތައް ދާއިރާއަކުން މި ސަރުކާރުން މިނިވަންކަން ހޯއްދައި ދެއްވާފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން ވެސް އޭގެ އެންމެ ފުޅާމިނުގައި ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

"ހަމަ އެކަނި އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީނުގައި ކަނޑަ އެޅިފައިވާ އިންތަކާއި މިމންތަކާއި، ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ، އަދި ގާނޫނުތަކުގައިވާ އިންތަކާއި މިންތައް އެއީ ހުރިހާ ފަރާތްތަކުންވެސް ތަބާވާންޖެހޭ ކަންކަން ކަމުގައިވާތީ ތަބަވާންޖެހެނީ،"

ރައީސް ވިދާޅުވީ، ނޫސްވެރިކަމަށް ބަލާއިރު، ނޫސްވެރިން އަބަދުވެސް އުޅެންޖެހިފައި އޮންނަނީ، ކޮންމެސް ފަރާތަކުން ސްޕޮންސާޝިޕް ހޯދުންމަށް ސަލާން ޖަހަންޖެހޭ ފަދަ ގޮތަކަށް ކަމަށެވެ. ނަމަވެސް، "އެކަން ނިމުމަކަށް ގެނައުމަށް އެހީވުމަށްޓަކައި ދައުލަތުން، ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ވަކި އިންސައްތައެއް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ފައިސާގެ ގޮތުގައި ދޭން ވަނީ ފަށާފައި،"

އެހެންކަމުން ސަރުކާރުން އެކަމަށް ހައްލު ގެންނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ނޫސްވެރިން ބޮޑުއަގުގައި ތަންތަން ކުއްޔަށް ހިފައިގެން ނޫސްތައް ހިންގަންޖެހުނީމަ އެކި ފަރާތްތަކުގައި ސަލާންޖަހަންޖެހޭ ޖެހުން ނިމުމަކަށް ގެނެސްދީ، ނޫސްވެރިން އެ އަޅުވެތިކަމުން މިނިވަންކޮށްދިނުމަށް މީޑިއާ ވިލެޖެއް ގާއިމް ކޮށްދިނުމުގެ މަސައްކަތް މިހާރު އެވަނީ ގާތްގަނޑަކަށް ނިމިފައި،"

"އެތަނުން މީޑިއާތަކަށް ޖާގަ ދެއްވާނީ، ވަރަށް ވަރަށް ކުޑަ އަގެއްގައި ރަމްޒީ އަގެއްގައި، އެތަނުން ނޫސްވެރިންނަށް، މީޑިއާ ތަކަށް ޖާގަ ކުއްޔަށް ލިބޭނެ، ސްޓޫޑިއޯ ކުއްޔަށް ލިބޭނެ، ވަރަށް ފުޅާ މިނުގައި ނޫށްވެރިކަން މީޑިއާ ހިންގުމަށް އަޅުގަނޑުމެން މިވަނީ ކަންކަން ފަހިކޮށްދީފަ،"

ރައީސް ވިދާޅުވީ، ނޫސްވެރިން ތަމްރީނު ކުރުމަށްޓަކައި ވަރަށް ގިނަ ކޯސްތައް ހިންގާ ކަމަށެވެ.

"ނޫސްވެރިކަމުގެ މިނިވަންކަންވެސް އޭގެ އެންމެ ފުޅާ މިނުގައި މިވަނީ ޔަގީންކޮށްދީފަ، މިއަދާ ހަމައަށް އައިއިރު މިސާރުކާރުގެ ދެއަހަރާއި އަށެއްކަ މަސްރެގައި އެކަނިވެސް 72 ނޫހެއް އަލަށް ވަނީ ރަޖިސްޓްރީކޮށްފަ، އެހެންވީމަ ނޫސްވެރިކަންވެސް އޭގެ އެންމެ ފުޅާމިނުގައި އަޅުގަނޑުމެން މިވަނީ ކަށަވަރުށްދީމަ،"