2028 ގެ މިނިވަން ދުވަހާ ހަމަޔަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެގެ ތަރައްގީގެ ތަސައްވުރު ހިއްސާކުރައްވައިފިއެވެ.
ރައީސްގެ މި ތަސައްވުރު ހިއްސާކުރެއްވީ މިއަދު ބޭއްވި މިނިވަން ދުވަހުގެ ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި 2028 ވަނަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި:
- ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުންނާނީ ނިމިފައި
- ރަށްރަށުގައި ކުނިކޮށި މެނޭޖްކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހުޅުވާނެ
- ފިޓްނަސް ރިކްރިއޭޝަން ސެންޓަރުތަކާއި އައުޓް ޑޯ ޖިމްތައް ނިންމާނެ
- ކުޑަކުދިންނަށް ހާއްސަ ޕާކުތައް ނިންމާނެ
- ސްޓޭޑިއަމްތައް ނިންމައި ހުޅުވާނެ އަދި ފުޓްސަލާއި ފުޓުބޯޅަ ދަނޑުތައްވެސް ނިންމާނެ
- ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމްކުރާނެ
- ލެބޯޓަރީ ހިމެނޭހެން ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތް ވަރުގަދަވާނެ
- އިންކްލޫސިވް އެޑިއުކޭޝަން ހިމެނޭހެން ސްކޫލްތަކުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރާނެ
- ޤުރުއާނާ ބެހޭ މަރުކަޒުތައް ގާއިމްކުރާނެ، ކޮންމެ އަތޮޅެއްގައި އިސްލާމީ ސެންޓަރުތައް ގާއިމްކުރާނެ
- ކަރަންޓާއި ކޭބަލް އަދި ކަރަންޓާގުޅޭ ހުރިހާ ކަމެއް ހުރިހާ ރަށެއްގައި ހައްލުކުރާނެ
- ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކާ ޝެޑުތައް ހުންނާނެ
- ކޮންމެ އަތޮޅެއްގައި 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓުތައް ހުންނާނެ
- ކޮންމެ އަތޮޅެއްގައި އެއް ރަށަށްވުރެ ގިނަ ރަށުގައި ސީޓީ ސްކޭނާއި، ޑަޔަލަސިސް އާއި ޕެޕްސްމިއާ އާއި މެމެގްރަފީ އާއި ބްލަޑް ބޭންކާއި ތެލަސީމިއާ ހިދުމަތާއި އެހެން ގިނަ ހިދުމަތްތައް ލިބެން ހުންނާނެ
- ޕިކްނިކް އައިލެންޑްތައް ގާއިމްކުރާނެ
- ބޭންކް ބްރާންޗްތައް ގާއިމްކުރާނެ
- ކޮންމެ އަތޮޅެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމްކުރާނެ
- އެމްއެންޔޫ އަދި އައިޔޫއެމްގެ ކެމްޕަސްތައް ކޮންމެ އަތޮޅެއްގައި ހުޅުވާނެ
- ކޮންމެ އަތޮޅެއްގައި ބޯހިޔާވަހިކަން ގާއިމްކުރާނެ
- މަދުވެގެން 100 ރަށުގައި ކައުންސިލް އިމާރާތްތައް ނިންމައި ހަވާލުކުރާނެ
- ކަރަންޓަށް ކުރާ ހަރަދު ކުޑަކުރަން %33 ރިނިއުބަލް އެނާޖީއަށް ބަދަލުކުރާނެ
- 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު ނިންމާނެ
- މޯލްޑިވްސް 2.0 ތަންފީޒުކޮށް ނިމޭނެ
- ކޮންމެ ރައްޔިތެއްގެ ޖީބަށް ޑޮލަރު ވަންނަ ގޮތަށް ކުރިއަށް ގެންދާ ރިސޯޓް ގާއިމްކުރުމުގެ މަޝްރޫއު ބޮޑުތަނުން ނިންމާ ކުރިއަށް ގެންދާނެ
- ވިލިމާލެ ހޮސްޕިޓަލް ނިންމައި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދާނެ
- ތިލަމާލެ ބްރިޖު ނިންމައި ހުޅުވާނެ
- މާލޭގެ ޕޯޓު ބަދަލުކޮށް ޕާކިން ބިލްޑިންތައް ހުޅުވާނެ
ރައީސް ވިދާޅުވީ މި ހުރިހާ ކަމެއް 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު 2040 ވަނަ އަހަރާ ހަމައަށް ކަނޑައަޅާފައިވާ ތަސައްވުރު ފުރިހަމަކުރަން ގިނަ ކަންތައްތަކެއްކޮށް ނިންމާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް