ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީ ލިޔުން ދެއްވައިފިއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި ހިދުމަތްތެރީންނަށް ޝަރަފު އަރުވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީ ލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 41 ފިރިހެނުންނާއި 25 އަންހެނުންނެވެ.
އިނާމު އެރުވުމަށް ރައީސް ނިންމަވައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސްގެ އޮފީހުން ހޯއްދެވުމަށްފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ މައުލޫމާތު، ކޮމިޓީން ދިރާސާ ކުރައްވައި، އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުތު ފުރިހަމަވި ބޭފުޅުންނަށެވެ.
މިއަހަރުގެ ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީ ލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ގައުމަށް ބޭނުންތެރި އެތައް ދާއިރާއަކުން ދިގު މުއްތަކަށް ހިދުމަތް ކުރައްވާފައިވާ ފަރާތްތައް ހިމެނެއެވެ.
ފާތިމަތު ލިއުޝާ
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް
ކޮމެންޓް