އާރްބީ ލެއިޕްޒިގަށް ކުޅެމުންދާ އައިވޮރީ ކޯސްޓްގެ ވިންގް، ޔޭން ޑިއޮމާންޑޭ ރެއާލް މެޑްރިޑާއެކު އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އުމުރުން 19 އަހަރުގެ ޑިއޮމާންޑޭއަކީ ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ލޯ އަޅަމުންދާ ކުޅުންތެރިއެކެވެ. އޭނާއަށް މިހާރުވެސް ޕީއެސްޖީއާއި ލިވަޕޫލުންވެސް ބަލަމުންދާ އިރު، ލިވަޕޫލުން ވަނީ ޖެނުއަރީ މަހު ޑިއޮމާންޑޭ ހޯދަން ބިޑްވެސް ކޮށްފައެވެ. ލިވަޕޫލުން އެފަހަރު ކުރި 69 މިލިއަން ޕައުންޑްގެ ބިޑަށް ލެއިޕްޒިގުން ބުނީ ނޫނެކޭއެވެ.
އޭގެ އިތުރުން މިފަހަރުވެސް ޕީއެސްޖީން ޑިއޮމާންޑޭ ހޯދަން 102.5 މިލިއަން ޕައުންޑްގެ ބިޑެއް ކުރި ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެ ބިޑަށްވެސް ލެއިޕްޒިގުން ވަނީ ނޫނެކޭ ބުނެފައެވެ.
ހަބަރުތައް ބުނެފައި ވަނީ ޑިއޮމާންޑޭ ރެއާލާއެކު އެއްބަސްވެފައި ވަނީ ޖޫޑް ބެލިންހަމްއާއެކު ހަދާފައިވާ ކަހަލަ އެއްބަސްވުމަކަށް ކަމަށެވެ. އެގޮތުން ބެލިންހަމްއާއެކު ރެއާލާއެކު ހަދާފައިވާ އެއްބަސްވުމަކީ އަހަރުން އަހަރަށް މުސާރަ ބޮޑުވާ އެއްބަސްވުމެކެވެ. އަދި ރަނގަޅު ކުޅުމާއެކު އިތުރު ބޯނަސްވެސް ލިބޭނެ ގޮތަށް އޮންނަ އެއްބަސްވުމެއް ކަމަށް ނޫސްތައް ބުނެއެވެ.
ޑިއޮމާންޑޭ މަޑުކުރުވަން ލެއިޕްޒިގުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވީ ނަމަވެސް، މާބޮޑު ޑިމާންޑުތަކާއެކު މިފަހަރު އޭނާ ފޮނުވާލާނެ ކަމަށް ބެލެވެއެވެ. އަދި އެ ޓްރާންސްފާ ހިނގާނީ ކްލަބުގެ ރެކޯޑު އަގަކަށް ކަމަށްވެސް ބެލެވެއެވެ.
މިފަހަރު ވޯލްޑް ކަޕްގައި އައިވޮރީ ކޯސްޓުން ކުޅުނު ހުރިހާ މެޗެއްގައި ފެނުނު ޑިއޮމާންޑޭއަކީ މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 12 ގޯލް ޖަހައި، އަށް އެސިސްޓް ހަދައިފައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ކޮމެންޓް