އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި ތިން މީހެއް އިތުރު 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުުން، ބަންދުގެ މުއްދަތު އިތުރު ކުރަން އަމުރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ، ހ. ކަހަފަތި، އިލްޔާސް އަހްމަދު (42އ) އާއި ގ. ހޭޅި ހަސަން ޝަމްއޫން (36އ)ގެ އިތުރުން ލ. ގަން/ މުކުރި މަގުފޭރުގަސްދޮށުގެ އަހްމަދު އަފްރާހް (33އ) އެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ ފަސް މީހުން ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާގެ ދެ މީހުންނެވެ.

އެއީ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ.