ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް މުޅިން ހިލޭ ބޭނުން ކުރެވޭ ހާއްސަ އޮފާއެއް އިއުލާންކޮށްފިއެވެ.
ދިރާގުން މި އޮފާގެ ދަށުން، ޕޯސްޓްޕެއިޑް 750 އިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، އެއްވެސް އިތުރު ފީއަކާ ނުލައި އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.
ދިރާގުން ބުނީ މިއީ ދިވެހި އުފެއްދުންތަކާއި ފިލްމު އަދި މުނިފޫހިފިލުވުމުގެ ތަފާތު ގިނަ ޕްރޮގްރާމްތައް ހިލޭ ބަލާލުމަށް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.
މީގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑްގެ ހުރިހާ ކަސްޓަމަރުންނަށް، ލިމިޓްލެސް 21 ޑޭ ބޫސްޓާ އެކްޓިވޭޓް ކޮށްގެން މި ހިދުމަތް ހިލޭ ހޯދުމުގެ ފުރުސަތުވެސް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިގޮތުން ބޫސްޓާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް، އެ ބޫސްޓާގެ މުއްދަތު ހަމަވަންދެން މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ ބޭނުންކުރެވޭނެއެވެ.
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ހާއްސަ އޮފާގެ ދަށުން 31 އޮގަސްޓްގެ ނިޔަލަށް މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ އެކްޓިވޭޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން، މި އޮފާއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ދިރާގު އެޕްގެ އީ-ޒޯން މެދުވެރިކޮށް މީޑިއާނެޓް ވީޑިއޯކްލަބްގެ ހިދުމަތް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެއެވެ. އަދި، މި އޮފާއާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަލީ ޔާމިން
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް