އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްގައި އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މިއީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަމަލާތައް ދޭން ފެށި ފަހުން މި ދެ ބޭފުޅުން ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. ގާތްގަނޑަކަށް ދޮޅުގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.
މި ބައްދަލުވުމަށް ފަހު ނަތަންޔާހޫ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވި ގޮތުގައި، މިއީ އެމެރިކާގެ ރައީސާ އެކު އޭނާ ބޭއްވެވި އެންމެ ކާމިޔާބު އެއް މަޝްވަރާ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ އެންމެ ބޮޑު އަމާޒު ކަމަށްވާ، އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަތަންޔާހޫގެ އަރިހުގައި ވަޑައިގެންނެވި އިސްރާއީލުގެ އިސް އޮފިޝަލަކާ ހަވާލާދީ ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދިނުމަށް ދެ ގައުމުން ވެފައިވާ ވަރުގަދަ އަހުދު އާކުރައްވައިފައެވެ. މިއީ ވަރަށް ފުރިހަމަ މަޝްވަރާތަކެއް ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި ކަމަށް އެ ނޫހުގައިވެއެވެ.
މި ބައްދަލުވުން ބާއްވާފައި މިވަނީ، އީރާނަށް ދެމުންދިޔަ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލައި، މަޝްވަރާކުރުމަށް އެމެރިކާއިން ފުރުސަތު ދީފައިވާ ދަނޑިވަޅެއްގައެވެ.
މިއީ 2025 ވަނަ އަހަރުގެ ކުރީކޮޅު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މި ދެ ބޭފުޅުން ބޭއްވެވި 8 ވަނަ ބައްދަލުވުމެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް