ލ. ގަމުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ގަން، ކުރިބޯށިގެ، އަމްޖާޒު އަލީ (22އ) އެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ އަމްޖާޒު އަލީ މިހާރު ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ނަމަވެސް އޭނާ ފެނިފައިވަނީ ކޮން ތަނަކުންކަމެއް ފުލުހުން ނުބުނެއެވެ.

އަމްޖާޒު، ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 11:45 އެހާކަންހާއިރުއެވެ.