މާލޭގެ ރަސްމީ ފާލަން ސަރަހައްދަށް ލޯންޗުތައް ކައިރިކުރުމުގައި ދިމާވާ ބާރުބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ސަރަހައްދުގައި ކުދިކުދި ޖެޓީތަކެއް ގާއިމުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުން މާލެއަށް އަންނަ ލޯންޗުތަކާއި މާލެއިން ފުރާ ލޯންޗުތަކަށް އޮތް އެންމެ ބޮޑު ދަތިކަމަކީ އެއް ލޯންޗު އަނެއް ލޯންޗު މަތިން ހިނގާފައި ދާންޖެހުން ކަމަށެވެ.
ރައީސް ވިދާޅުވީ އެކަން ހައްލުކުރުމަށް އެ ސަރަހައްދުގެ އެއްގަމު ތޮށްޓާ ގުޅުވައިގެން ހަޔެއްކަ "ފިންގާ ޖެޓީ" ހަދާނެ ކަމަށެވެ.
"ގާތްގަނޑަކަށް ހަޔެއްކަ ޖެޓީ ހެދިގެން ދާނެ، ފިންގާ ޖެޓީތަކެއް ނެރެވޭނެ، އޭރުން ހުރިހާ ލޯންޗުތަކަށް އައިސް ސީދާ ޖެޓީއަށް ފޭބޭނެ،" ރައީސް ވިދާޅުވިއެވެ.
އެ ޖެޓީތައް ހެދުމުގެ މަސައްކަތް ކުރިއަށްދާނީ މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭން އޮންނަ ގޮތަށް ތަރައްގީކުރާ މަސައްކަތާއެކު، އެ ޖެޓީތަކުގެ މަސައްކަތްވެސް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް