އިންގްލެންޑްގެ ޑިފެންޑަރު ޖޯން ސްޓޯންސް، ހިލޭ ޓްރާންސްފާއެއްގައި އިޓަލީގެ އިންޓަ މިލާނަށް ސޮއިކޮށްފިއެވެ.
އުމުރުން 32 އަހަރުގެ ސްޓޯންސް މެންޗެސްޓާ ސިޓީ ދޫކޮށްލީ 10 އަހަރު އެ ކްލަބުގައި ހޭދަކުރުމަށްފަހުއެވެ. ސްޓޯންސް ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވީ ޖޫން މަހުގެ ނިޔަލަށެވެ.
ސްޓޯންސް ބުނެފައި ވަނީ ސިޓީއާއެކު އޭނާއަށް ހުރިހާ ހުވަފެންތަކެއްގައި ކުލަ ޖެހިފައިވާ ކަމަށާއި، ކްލަބާއެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. ސްޓޯންސް ވަނީ ސިޓީއާއެކު ހަ ލީގު ތަށްޓާއި ޗެމްޕިއަންސް ލީގުގެ އިތުރުން ދެ އެފްއޭ ކަޕް އަދި ފަސް ލީގު ކަޕާއި ކްލަބު ވޯލްޑް ކަޕް، ޔޫއެފާ ސުޕަ ކަޕްވެސް ހޯދައިފައެވެ.
ސްޓޯންސްގެ އެއްބަސްވުން ހަމަވުމާއެކު އޭނާ ގެންދަން އިޓަލީގެ ޔުވެންޓަސްއާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީންވެސް މަސައްކަތް ކޮށްފައިވެއެވެ.
ކުރިން ބާންސްލޭއަށް ކުޅުނު ޑިފެންޑަރު ސްޓޯންސް ވަނީ ސިޓީއަށް 295 މެޗު ކުޅެފައެވެ. އޭނާ ސިޓީއާ ގުޅުނީ 2016 ވަނަ އަހަރު އެވަޓަންއިންނެވެ. އެއީ 47.5 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައެވެ.
މިފަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި އިންގްލެންޑް ޓީމުގައި ސްޓޯންސް މުހިއްމު ދައުރެއް އަދާކުރި އިރު، އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 93 މެޗު ކުޅެފައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ކޮމެންޓް