މާފުށީ ބޭރުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް އަޅާފައި އޮންނަ "ޕްރިންސެސް ލާލަ" ނަމަކަށް ކިޔާ ސަފާރީ (ފްލޯޓިން ބާ)، މިއަދު އައި ބާރު ކޮޅިގަނޑެއްގައި ނަގިލި ކަހާލައިގެން ގޮސް ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައިބާރުވި ވަގުތެއްގައެވެ.
މާފުށިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އެ ސަފާރީގެ ނަގިލި ކަހާލައިގެން ގޮސް ބަނދަރުގެ ބޭރު ތޮށިގަނޑާ ދިމާލުން ފަރުމައްޗަށް ބީހުމަށްފަހު، އެންމެ 10 މިނެޓެއްހާއިރު ތެރޭގައި މުޅި އުޅަނދު ވަނީ އެއްކޮށް ހަލާކުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އުޅަނދު ފަރުމައްޗަށް ލައްވުމުން އޭގައި ތިބި ބައެއް މީހުން ވަނީ މޫދަށް ފުއްމާލައިފައެވެ.
ފުލުހުން ބުނީ، މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ވާ ކަނޑައިގެން ގޮސް، ރަށުގެ ބޭރުތޮއްޓަށް ލައްވެފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގިއިރު އުޅަނދުގައި ހަ މީހަކު ތިބި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
"ޕްރިންސެސް ލާލަ" އަކީ މާފުއްޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން އަބަދުވެސް އެ ރަށު ބޭރުގައި އޮންނަ އުޅަނދެކެވެ.
މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން މިއަދު ވަނީ 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ. މެޓުން ބުނި ގޮތުގައި، ހުޅަނގު މޫސުމާ ގުޅިގެން އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ.
މިކަމުގެ ސަބަބުން މިއަދާއި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މުހައްމަދު އިޝާން
ކ. މާފުށި
ކ. މާފުށި
ކ. މާފުށި
ކ. މާފުށި
ކޮމެންޓް