އީރާނަށް ދޭން ރާވާފައިވާ ވަރުގަދަ އަސްކަރީ ހަމަލާތަކެއް މަޑުޖައްސާލައި، އެ ގައުމާއެކު އެއްބަސްވުމަކަށް އައުމުގެ ޝަރުތުތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާންކުރައްވައިފިއެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ “ޓްރުތު ސޯޝަލް” ގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހޮރުމުޒް ކަނޑުއޮޅި ވަގުތުން އަދި އެއްކޮށް ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުން އޮތް ނުރައްކާ ނިމުމަކަށް ގެނައުން ހިމެނެއެވެ.
ޓްރަމްޕް ވިދާޅުވީ ހަމަލާތައް މަޑުޖައްސާލަން ނިންމެވީ އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ.
މީގެ އިތުރުން، އިސްރާއީލުން ވެސް ހަމަލާތައް ހުއްޓާލައި ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ތާއީދުކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން ދިޔައީ އީރާނުގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޓްރަމްޕަށް ގުޅުއްވައި، ހަމަލާތައް ނުދިނުމަށް އެދިވަޑައިގެންފައި ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ހަމަލާތައް ދިނުން ކެންސަލްކުރީ ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. އަދި މިކަމުގެ ސަބަބުން މުޅި ދުނިޔެއަށާއި އީރާނަށް ވެސް ފައިދާކުރާނެ ކަމަށް ޓްރަމަޕް ފާހަގަކުރެއްވިއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް