ހުލުމާލެ ފޭސް އެކެއްގައި ކުރިޔަށްގެންދިޔަ "މަދިރިން ރައްކާ" ޕްރޮގްރާމްގެ ދަށުން، މަދިރި އުފެދޭ 300 އަށްވުރެ ގިނަ ތަންތަން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ނައްތާލައިފި އެވެ.

އެޗްޑީސީން ބުނީ އިއްޔެ ކުރިޔަށްގެންދިޔަ ފުރަތަމަ "ކޮމިއުނިޓީ ކްލީންއަޕް" އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އެ ހަރަކާތް ކުރިޔަށްގެންދިޔައީ ހުޅުމާލެ ފޭސް އެކެއްގެ 155-163 ބްލޮކް އޭރިއާގައިކަމަށާއި އެ ހިސާބުން މަރިދި އުފެދޭ ގާތްގަނޑަކަށް 300 އަށްވުރެ ގިނަ ތަންތަން ސާފުކޮށްފައިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

1 އޮގަސްޓް 2026: އެޗްޑީސީއިން ހުލުމާލެ ފޭސް އެކެއްގައި ކުރިޔަށްގެންދިޔަ "މަދިރިން ރައްކާ" ޕްރޮގްރާމް -- ފޮޓޯ/ އެޗްޑީސީ

އެތަންތަނުގައި އޭސީ ފެން ހަރުލާގޮތަށް ބަހައްޓާފައި ހުރި ފުޅިމަދު ފޮށިތަކާއި، ޓައްޕުތަކާއި، އަދި މަސްޓޭންކުފަދަ ތަކެތީގައި ހުރި ފެންތައް އުކާލައި އެ ސަރަހައްދުތަކުން ފާހަގަވެފައިވާ މަދިރި އުފެދޭނެ ކަހަލަ ތަންތަންވެސް ސާފުކޮށްފައިވާނެ ކަމަށް އެޗްޑީސީން ބުނެެއެވެ.

އޭގެ އިތުރުން އެޗްޑީސީން އަންނަނީ މަރިދި ނައްތާލުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ ރައްޔިތުންނަށް ހިތްފަސޭހަ އަދި ބަލިމަޑުކަމުން ސަލާމަތް ވެފައިވާ ތަނެއްގެ ގޮތުގައި ހުޅުމާލެ ބޭއްވުން ކަމަށްވެސް އެ ކޯޕްރޭޝަނުން ބުނެއެވެ.