ފަލަސްތީނުގެ 24 މީހަކު މިނިވަންކޮށް، އިސްރާއީލުން މިއަދު އެ މީހުން ގައްޒާއަށް ފޮނުވާލައިފިއެވެ.
އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ބުނި ގޮތުގައި، އިސްރާއީލުގެ ޖަލުތަކުން މިނިވަންކުރި މި މީހުން ގައްޒާއަށް އެތެރެވެފައިވަނީ ކަރެމް އަބޫ ސާލިމް ކްރޮސިންގ މެދުވެރިކޮށެވެ. އެއަށްފަހު ސިއްހީ ފަރުވާ ދިނުމަށާއި ހާލަތު ބެލުމަށް އެ މީހުން ވަނީ ހާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ގެންގޮސްފައެވެ.
ފަލަސްތީނިއަން ޕްރިޒަނާސް އޮފީހުން ބުނި ގޮތުގައި، މިއަދު މިނިވަންކުރި މީހުންނަކީ ގައްޒާގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ މީހުންނެވެ. އަދި އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭ ކަމަށް އެ އޮފީހުން ފާހަގަކުރިއެވެ.
ހަމާސްއާއި އިސްރާއީލާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން، މިހާތަނަށް 636 މީހަކު ގައްޒާއަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ގިނަ ދުވަސްތަކެއް ވާންދެން އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބި މީހުން ހިމެނޭ ކަމަށް ވެސް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް