ވައިގެ މަގުން ކިލޯއަކަށްވުރެ ގިނަ ޑްރަގް ރާއްޖެ އެތެރެކުރަން އުޅުނު ޖެމެއިކާގެ ރައްޔިތެއް ކަަމަށްވާ އެންޑްރޫ ލޮއިޑް ކޯބިން ގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރު ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެންޑްރޫ ލޮއިޑް ކޯބިން (53އ) ހައްޔަރުކުރީ މިދިޔަ ޖުލައިމަހު ވައިގެ މަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލަޔާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯބިންގެ އިތުރުން ދެ ދިވެހިންވެސް ހައްޔަރުުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ އިބްރާހިމް އަތޫފް ކިޔާ މީހަކާއި ނަން ހާމަކޮށްފައި ނުވާ އިތުރު ދިވެއްސެކެވެ.
ހައްޔަރުކުރި ތިން މީހުންގެ ބައްދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންޑްރޫ ލޮއިޑް ކޯބިންއާއި އިބްރާހީމް އަތޫފްގެ ބަންދަށް 15 ދުވަސް ޖަހައި، ދެން ހައްޔަރުކުރި ދިވެހި މީހާ ޝަރުތުކުރުމަށްފަހު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ނަމަވެސް ކޯބިންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިތުރު 30 ދުވަހު އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް