މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 4.5 ޕަސެންޓުގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.3 މިލިއަން ޓޫރިސްޓުންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ ތެރެއިން ޗައިނާ އޮތީ 224،107 ފަތުރުވެރިންނާ އެކު އެއްވަނައިގައެވެ. ދެ ވަނައިގައި 183،969 ފަތުރުވެރިންނާއެކު ރަޝިއާ އޮތް އިރު، ތިން ވަނައިގައި 99،86 ފަތުރުވެރިންނާއެކު އޮތީ އިނގިރޭސިވިލާތެވެ،

ފަތުރުވެރިންގެ ތެރެއިން 73.1 ޕަސެންޓް މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 22.4 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ކްރޫޒް ލައިނާތަކުން މި އަހަރުގެ މިހާތަނަށް 15،500 ޓޫރިސްޓުން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗުއްޓީ ހޭދަކުރަން އައީ 8،000 ޓޫރިސްޓުންނެވެ. އެއީ ގާތްގަނޑަކަށް 87 ޕަސެންޓުގެ އިތުރުވުމެކެވެ.

މިއަހަރު ކްރޫޒްލައިނާތަކުން އެންމެ ގިނަ ޓޫރިސްޓުން އައީ ފެބްރުއަރީ މަހުއެވެ. އެ މަހު ވަނީ 5،000 އަށް ވުރެ ޓޫރިސްޓުން އައިސްފައެވެ.