ޖޯޑަންއުން އަރަބި ކަޕް 2025 ގައި ވާދަކުރުމުން ދޭން ޖެހޭ ފައިސާ، ފީފާއިން އެގައުމަށް ދީފައިވާ ކަމަށް އެގައުމުގެ ފުޓުބޯޅަ އިދާރާގެ ރައީސް، ޕްރިންސް އަލީ ބިން ހުސައިން ވިދާޅުވެއްޖެއެވެ.

ފީފާއިން ޖޯޑަންއަށް ފައިސާ ދީފައި ވަނީ އެ މައްސަލަ ގޯސްވެފައި ވަނިކޮށެވެ. ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ކުރިއަށް ގެންދަން ނިންމި ސަބްސިޑަރީ އިންވެސްޓަމަންޓް ޕްލޭން ފެއިލްވެފައިވާ އިރު، ފީފާގެ ރައީސް އިންފަންޓީނޯ ހުށަހެޅި އެފްއެފްއީގެ ޕްލޭނަކީ، ފީފާގެ މުބާރާތްތަކަށް އިވެންޓްމަންޓް ހޯދައި، މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ ޕްލޭނެކެވެ. އެ ޕްލޭނުގެ ދަށުން ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު އިވެންޓް، ވޯލްޑް ކަޕްގެ ހިއްސާ ވިއްކުމުގެ ފުރުސަތުވެސް އޮތެވެ. އެ ޕްލޭނަށް ތާއިދު ހޯދަން އިންފަންޓީނޯ ގައުމުތަކަށް ބަޖެޓްގެ ވައުދުވީ ނަމަވެސް، ގާތްގަނޑަކަށް ހުރިހާ ބައްރެއްގެ މެމްބަރު ގައުމުތަކުން ވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ.

އެކަމަށް ނޫނެކޭ ބުނި ގައުމުތަކުގެ ތެރޭގައި ޖޯޑަންވެސް ހިމެނިފައިވާ އިރު، ޖޯޑަން ފުޓުބޯޅަ އިދާރާގެ ރައީސް ޕްރިންސް އަލީ ވަނީ އެ ޕްލޭނަށް ތާއިދު ހޯދަން އިންފަންޓީނޯ އެގައުމު ބްލެކްމެއިލް ކުރާކަމުގެ ތުހުމަތު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ފައިސާގެ މައްސަލަ ހައްލު ކޮށްދޭނީ ޕްލޭނަށް ތާއީދުކުރުމުން ކަމަށް އިންފަންޓީނޯ ވިދާޅުވެފައިވާ ކަމަށެވެ.

ގަތަރުގައި މިދިޔަ އަހަރު ޑިސެމްބަރު މަހު އޮތް އަރަބް ކަޕްގެ ފައިނަލަށް ޖޯޑަން ދަތުރު ކޮށްފައިވާ އިރު، އޭރުން ފެށިގެން ޖޯޑަންއިން ދިޔައީ އެ ފައިސާ ދޭން އެދެމުންނެވެ. އެއީ ކިހާ ފައިސާއެއްކަމެއް ހާމަކޮށްފައި ނުވާ އިރު، ޖޯޑަން އެފްއޭ ރައީސް ޕްރިންސް އަލީ ވިދާޅުވީ، ފައިސާ ދިނަސް މިހާރު އޮތް ފީފާގެ ލީޑާޝިޕަށް އިތުބާރު ނެތް ކަމަށެވެ.