އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް)ގެ ނައިބު ރައީސްގެ މަގާމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) އިންތިހާބުކޮށްފިއެވެ.

ޗޭއަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސާފިން އެސޯސިއޭޝަންގެ ރައީސެވެ. އޭގެ އިތުރުން ޗޭ ވަނީ ކުރިންވެސް އޭޝިއަން ސާފިން ފެޑެރޭޝަންގެ ހިންގާ ކޮމިޓީގައި، އެކްޒެކްޓިވް ބޯޑް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ މެމްބަރުކަން 2021 ވަނަ އަހަރުން ފެށިގެން ކުރައްވަމުން އަންނަ ޗޭ ވަނީ ސާފިން އެސޯސިއޭޝަންގެ ރައީސްކަމުގައި އެ ކުޅިވަރަށް ގިނަ ކުރިއެރުންތަކެއް ހޯދައިފައެވެ.

އެގޮތުން އޭނާގެ ލީޑަޝިޕްގެ ދަށުން ދިވެހި ސާފް ލީގުގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މުބާރާތްތައް ބާއްވަން ފަށައި، މިހާރު ދަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންދަމުންނެވެ.

ސާފިން އެސޯސިއޭޝަނުން ވަނީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް، ޖެހިޖެހިގެން ދެ އަހަރު ރާއްޖޭގައި ހޯސްޓްކޮށްފައެވެ.