އީރާނުގެ ބައެއް އޮފިޝަލުން ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ޓޯލް ނެގުމާ ގުޅޭގޮތުން ވާހަކަދެއްކި ނަމަވެސް، އެފަދަ ވިސްނުމެއް ނެތް ކަމުގެ ޔަގީންކަން އީރާނުން އެމެރިކާއަށް ދީފައިވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެއެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވެންސް ވިދާޅުވީ އެމެރިކާއިން އުންމީދު ކުރަނީ ހަނގުރާމައިގެ ކުރިން ގަލްފުން ތެލާއި ގޭސް ބޭރުކުރަމުން ދިޔަ މިންވަރަށް އަލުން އެ ތަކެތި ބޭރުކުރަން ފެށުމަށެވެ. އަދި އީރާނުން ވެސް އެމެރިކާއަށް އަންގާފައި ވަނީ އެ ގޮތަށް އަމަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ގައުމުން ވެސް ބޭނުންވަނީ މި މައްސަލަ އަވަހަށް ނިންމަން ކަމަށް ވެންސް ފާހަގަކުރެއްވިއެވެ.
އީރާނާ މެދު އެމެރިކާއިން ގޮތް ނިންމާނީ އެ ގައުމުން ދައްކާ ވާހަކަތަކަށް ބިނާކޮށްގެން ނޫން ކަމަށާއި އޭގެ ބަދަލުގައި ބަލާނީ އީރާނުގެ އަމަލުތަކަށް ކަމަށް ވެންސް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިން ޓޯލް ނެގުމުގެ ވިސްނުމެއް ނެތް ކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާއިން އެކަމަށް އިތުބާރު ކުރުމުގެ ބަދަލުގައި އެކަން ކަށަވަރު ކުރާނެއެވެ. އަދި އެމެރިކާއިން ބަލާނީ އީރާނުން އަމަލީ ގޮތުން ކަންކަން ކުރާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ދުވަސްވަރެކެވެ. އީރާނުގެ ބައެއް އިސް އޮފިޝަލުން ވަނީ އެމެރިކާއިން އީރާނުގެ ޝަރުތުތައް ގަބޫލު ކުރުމުން ނޫނީ ކަނޑުއޮޅި ނުހުޅުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ވެންސް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަމާޒަކީ މެދުއިރުމަތިން ވީހާވެސް ގިނައިން ތެލާއި ގޭސް ބޭރުކުރެވޭނެ މަގު ފަހިކުރުމެވެ. އަދި އީރާނުން ވިޔަފާރި އުޅަނދުތަކަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން ހޯދުމަކީ ވެސް އެމެރިކާއިން އިސްކަންދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް