އެޕަލް ކުންފުނިން އަންނަ މަހު ނެރުމަށް ތައްޔާރުވަމުން އަންނަ އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސްގެ އަގު ބޮޑުވެ، އާ ކުލަތަކެއް ތައާރަފުކުރާނެ ކަމަށް ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މެކްރޫމާސް އަދި ނައިންޓުފައިވްމެކް ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕަލް އިން ރަސްމީކޮށް އަދި މައުލޫމާތު ހާމަނުކުރި ނަމަވެސް، ލީކުވެފައިވާ މައުލޫމާތުތަކުން ގިނަ ކަންތައްތަކެއް ވަނީ ތިލަވެފައެވެ. އެގޮތުން، ނައިންޓުފައިވްމެކް އިން ލަފާކުރާ ގޮތުގައި އައިފޯން 18 ޕްރޯ މޮޑެލްތަކުގެ އަގު، މިހާރު ހުރި މޮޑެލްތަކަށް ވުރެ 200 އާއި 300 ޑޮލަރާ ދެމެދުގެ އަދަދަކަށް ބޮޑުވާނެއެވެ.
މޭޝަބަލް އިން ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޕްރޯ މޮޑެލްތައް ނެރުމަށް ހަމަޖެހިފައިވަނީ ހަތަރު ކުލައެއްގައެވެ. އޭގެ ތެރޭގައި ލައިޓް ބްލޫ، ސިލްވާ، ޑާކް ގްރޭ އަދި މުޅިން އަލަށް ތައާރަފުކުރާ "ޑާކް ޗެރީ" ކުލަ ހިމެނެއެވެ.
މީގެ އިތުރުން، ބެޓެރީގެ ޖާގަ ބޮޑުކުރުމާއި، ކެމެރާއަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ވެރިއަބަލް އެޕަޗާ ހިމެނުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
އައިފޯން 18 ޕްރޯ މެކްސްގައި 5567 އެމްއޭއެޗްގެ ބެޓެރީއެއް ހިމެނޭނެ ކަމަށް ލީކުވެފައިވާ މައުލޫމާތުތަކާ ހަވާލާދީ ނައިންޓުފައިވްމެކް އިން ރިޕޯޓުކޮށްފައިވެއެވެ. އަދި އާ އޭ20 ޕްރޯ ޗިޕާއެކު ފޯނުގެ ސްޕީޑަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ވެސް މީޑިއާތަކުން ފާހަގަކުރެއެވެ.
ރިލީޒްކުރާ ތާރީހާ ގުޅޭގޮތުން މެކްރޫމާސް އިން ލަފާކުރާ ގޮތުގައި، އެޕަލް އިން އައިފޯން 18 ޕްރޯ މޮޑެލްތައް އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އިއުލާންކުރާނެއެވެ. ނަމަވެސް، އާދައިގެ އައިފޯން 18 މޮޑެލްތައް ނެރުން 2027 ވަނަ އަހަރުގެ މާޗު މަހަށް ފަސްކޮށްފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އެޕަލް އިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް