ރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަކީ އިހުތިރާމާއި އިތުބާރުގެ މައްޗަށް އޮތް ވަރުގަދަ ގުޅުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، ސިންގަޕޫރުގެ ގައުމީ ދުވަހާ ގުޅިގެން، އެ ގައުމުގެ ރައީސަށާއި ބޮޑުވަޒީރަށް އަދި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށާއި އެ ގައުމުގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ވިދާޅުވީ، ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ވަރުގަދަ ރަހުމަތްތެރި ގުޅުމަކީ، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އިތުބާރާއި އިހްތިރާމުގެ މައްޗަށް އޮތް ގުޅުމެއް ކަމަށެވެ.
މީގެ އިތުރުން އެ ގުޅުމަކީ ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި ކުރިއެރުމަށް އުންމީދު ކުރާ އެކުވެރި ގުޅުމެއް ކަމުގައިވެސް ވިދާޅުވިއެވެ.
މިދިޔަ އަހަރު ރައީސް ވަނީ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އެކި ދާއިރާތަކުން ވަނީ އެއްބަސްވުންތައް އެކުލަވާލައިފައެވެ.
ރާއްޖެއާއި ސިންގަޕޫރާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރު ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް