"ދަތިވެއްޖެ" ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ބާއްވަން ނިންމާފައިވާ މުޒާހަރާ މަޖީދީމަގުގައި ބޭއްވުމުގެ ހުއްދައަކަށް އެދި ފުލުހުންނަށް ހުށަހަޅައިފިއެވެ.
ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބާއްވަން ނިންމާފައިވާ މި މުޒާހަރާގެ އިންތިޒާމުތަކާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ހެނދުނު ވަނީ ފުލުހުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު، އިސްކަންދަރު ކޮށީ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ އެ ޕާޓީން ބާއްވާ މުޒާހަރާ ކުރިއަށް ގެންދާނެ މަގަކާ ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާ ކުރި ކަމަށެވެ.
އެގޮތުން މަޖީދީ މަގުން މުޒާހަރާ ކުރިއަށް ގެންދަން ފުލުހުންނަށް ހުށަހެޅުމުން، ވެރިންނާ މަޝްވަރާކުރުމަށް ފަހު، ޖަވާބެއް ދޭނެ ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވާ ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އަމީން ފައިސަލް ވިދާޅުވީ، މި ފަހަރު މުޒާހަރާއަށް މަޖީދީމަގުން ހުއްދަ ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ގާނޫނުް ދީފައިވާ ހުއްދައިގެ ދަށުން އިހުތިޖާޖުގައި ޝުއޫރު ފާޅޫ ކުރަމުން މަޖީދީމަގުން ދެވޭނެ ކަމަށް މި ބައްދަލުވުމުގައި ފުހުންނަށް ދަންނަވާފައިވާ ކަމަށްވެސް އަމީން ފައިސަލް ވިދާޅުވިއެވެ.
އެރޭގެ މުޒާހަރާ ކުރިއަށްދާނީ ސުލްހަވެރިކަމާއެކު، ޝުއޫރު ފާޅުކުރާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވއިެވެ.
ބާޒާރުގައި ތަކެތީގެ އަގު އުފުލި، އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށް ބުނެ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އެމްޑީޕީން މާލޭގައި ބާއްވާ މި މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ބެނާ ވެސް ދަމައިފައެވެ.
މި އިހުތިޖާޖުގައި އެމްޑީޕީން ރާވާފައި ވަނީ ސޯޝަލް ސެންޓަރު ސަރަހައްދުން މުޒާހަރާ ފަށައި މަޖީދީ މަގުން ކުރިއަށް ގެންދިއުމަށެވެ.
އިބްރާހިމް ޒަކީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ކޮމެންޓް