އެމެރިކާއިން އީރާނުގެ ޝަރުތުތައް ފުރިހަމަނުކުރަނީސް، ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފިއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ މުހައްމަދު ބާގިރް ޒުލްގަދްރު ވަނީ ކަނޑުއޮޅި ހުޅުވުމަށް ގިނަ ޝަރުތުތަކެއް ކުރިމަތިކުރުވައިފައެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ގެއްލުމުގެ ބަދަލު އެމެރިކާއިން ދިނުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް އުވާލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ ފައިސާ ދޫކުރުން ހިމެނެއެވެ. މީގެ އިތުރުން، އީރާނާއި، ލުބުނާނާއި ފަލަސްތީނާއި ޔަމަނު އަދި އިރާގުގައި ތިބި އީރާނުގެ ބައިވެރިންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓާލުންވެސް ހިމެނެއެވެ.
ރިވޮލިއުޝަނަރީ ގާޑުން ބުނި ގޮތުގައި، އެމެރިކާއިން އީރާނުގެ ހުރިހާ ޝަރުތުތަކެއް ގަބޫލުކުރަންދެން ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެއެވެ. މިހާރު އެ ކަނޑުއޮޅިއަކީ ހަމައެކަނި ދަތުރުފަތުރުކުރާ މަގަކަށް ވުރެ ބޮޑަށް، ހަނގުރާމައިގެ މައިދާނެއް ކަމަށް ވެސް ބުންޏެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން މި ކަނޑުއޮޅި ބަންދުކޮޑްފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެއަށްފަހު އޭޕްރީލް މަހު ގާއިމުކުރި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން ރޫޅިފައިވާއިރު، މައްސަލަ ހައްލުކުރުމަށް ޖޫން މަހު ވަނީ މެމޮރަންޑަމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް އެ މެމޮރަންޑަމާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އީރާނުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، ކަނޑުއޮޅިން ދަތުރުފަތުރުކުރުމާ ގުޅޭގޮތުން އޮމާނާއެކު ކުރިއަށްދާ މަޝްވަރާތައް މިހާރު ވަނީ ފަހު މަރުހަލާއާ ގާތްވެފައެވެ. ނަމަވެސް ކަނޑުއޮޅި ހުޅުވާލުން ބިނާވެފައި ވަނީ އެމެރިކާއިން އީރާނުގެ ޝަރުތުތައް ފުރިހަމަކުރުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް