އޮނަރަބްލް ފަޟީލަތުއްޝައިޚު އަޙުމަދު ޝާޠިރުގެ ދަރިކަނބަލުން އަދި އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީގެ ދަރިކަނބަލުން ޤުލްފީޝާން ޝާޠިރު (ފުރަމާލެ/ އެއްގަމުގެ) ޑުބާއީގައި އަވަހާވެއްޖެ އެވެ.

އެކަމަނާއަކީ ހަސަބުން ނަސަބުންވެސް އެންމެމަތީ ދަރަޖައިގެ އިއްޒަތްތެރި ބޭފުޅެކެވެ. ދިޔަމިގިލީ ރަސްދަރިކޮޅުގެ ބޭފުޅެކެވެ. (އެތައް ގޮތަކުން، މިގޮތުން މަންމާފުޅުގެ ފަރާތްޕުޅުން އަދި ބައްޕާފުޅުގެ ފަރާތްޕުޅުން ވެސް) ހުރަވީ ރަސްދަރިކޮޅުގެ ބޭފުޅެކެވެ.

ޤުލްފީޝާން ޝާޠިރަކީ ދިޔަމިގިލީ ބޮޑުބަންޑާރައިންގެ، އިބްރާހީމް ރަސްގެފާނުގެ، ސުލްޠާން ޣިޔާޘުއްދީނުގެ، ފުވައްމުލަކު އަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ، ދަރިކޮޅުގެ ބޭފުޅެއް ކަމުގައިވި ފުރަމާލެ އައްނާއިބު މޫސާ ދީދީގެ ދަރިކަލުން ރައްޔިތުންގެ މަޖިލިސްގެ ރައީސް 1972-1982، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒް 1982-1989، އިސްލާމީ މަރުކަޒުގެ އިމާމް 1989-1996، އޮނަރަބްލް ފަޟީލަތުއްޝައިޚު އަޙުމަދު ޝާޠިރުގެ ދަރިކަނބަލުންނެވެ.

ޤުލްފީޝާން ޝާޠިރުގެ ބައްޕާފުޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް (1972-1982)، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއާޒް (1982-1989) --- އިސްލާމީ މަރުކަޒުގެ އިމާމް 1989 - 1996 އޮނަރަބްލް ފަޟީލަތުއްޝައިޚު އަޙުމަދު ޝާޠިރު!

އެކަމަނާއަކީ ފުރަމާލެ އެއްގަމުގެ އަލްއަމީރު ޙަސަން ފާމުލަދޭރިކިލެގެފާނުގެ، ޢަލީ ދީދީގެ ދަރިކަލުން، ދިވެހިރާއްޖޭގެ ބޮޑުވަޒީރު (1954-1957) ވަލީ ކޮމެޓީ (ރަސްކަން ބަލަހައްޓަވާ މަޖިލިސް (1950-1952)ގެ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން، އައްނަބީލާ ޖަމީލާގެ ދަރިކަނބަލުންނެވެ. ޤުލްފިޝާންގެ މަންމާފުޅު އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ (1930-2021) އަކީ ‬‫އިލްމީ ފަންނީ ބޭފުޅެކެވެ. ‫1953 ޖުމުހޫރީ ގުލްޝަނުގެ "ކުލަރީތި ވަސްމީރު މަލެއް "ކަމުގައި އެއިރު ފާހަގަކުރެވުނު ޅަޒުވާން ކުއްޖެއްވެސްމެއެވެ!

ހަސަބުން ނަސަބުން އެންމެމަތީ ދަރަޖައިގެ އިއްޒަތްތެރި ބޭފުޅެކެވެ. ދިޔަމިގިލީ ރަސްދަރިކޮޅުގެ ބޭފުޅެކެވެ. މިގޮތުން މަންމާފުޅުގެ ފަރާތްޕުޅުން އަދި ބައްޕާފުޅުގެ ފަރާތްޕުޅުން ވެސް ހުރަވީ ރަސްދަރިކޮޅުގެ ބޭފުޅެކެވެ. ސައްޔިދު ދަރިކޮޅުގެ ބޭފުޅެކެވެ.

އެކަމަނާއަކީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ސިރީ ކުލަސުންދުރަ ސިއާކަ ސާސްތުރަ މަހާރަދުން (ދިޔަމިގިލި ބޮޑުބަންޑާރައިން) (1704-1721 )ގެ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުން އިބްރާހީމް ރަސްގެފާނު (1721-1750)ގެ، އަލްއަމީރާ ޢާއިޝަތު ކަނބާފާނުގެ، މަރްޔަމް ދީދީގެ، މާވާ ޙުސައިން ދީދީގެ، ފާޠިމަތު ދީދީގެ ދަރިކަލުން، ފުރަމާލެ އެއްގަމުގެ އަލްއަމީރު ޙަސަން ފާމުލަދޭރިކިލެގެފާނުގެ، ޢަލީ ދީދީގެ ދަރިކަލުން، ދިވެހިރާއްޖޭގެ ބޮޑުވަޒީރު (1954-1957) ވަލީ ކޮމެޓީ (ރަސްކަންބަލަހައްޓަވާ މަޖިލިސް 1950-1952)ގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން، އައްނަބީލާ ޖަމީލާގެ ދަރިކަނބަލުންނެވެ.

ޤުލްފިޝާންގެ މަންމާފުޅު އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ (1930-2021)‬ އެއީ ‫އިލްމީ ފަންނީ، ބޭފުޅެކެވެ. ‫1953 ޖުމުހޫރީ ގުލްޝަނުގެ "ކުލަރީތި ވަސްމީރު މަލެއް" ކަމުގައި އެއިރު ފާހަގަކުރެވުނު ބޭފުޅެކެވެ. ޅަޒުވާން ކުއްޖެއްވެސްމެއެވެ!

ޤުލްފީޝާން އަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) 1759-1767)ގެ، އައްސުލްޠާން ޙަސަން ނޫރައްދީން 1 (1779-1799)ގެ، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން 1 (1799-1835)ގެ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 4 (މުސްކުޅި ބަންޑާރައިން) (1835-1882)ގެ، އައްސުލްޠާން އިބްރާހީމް ނޫރުއްދީން) ނޫރައްދީން ބަންޑާރައިން) 1882 -1886 އަދި 1888-1892)ގެ ދަރިކަނބަލުން، އަލްއަމީރާ ޙަލީމާ ނޫރައްދީން (މާވާކިލެގެފާނުގެ ގަނޑުވަރުގޮމާ)ގެ ދަރިކަނބަލުން، ސިއްތިގޮމާގެ ދަރިކަނބަލުން، އައްނަބީލާ ޖަމީލާގެ ދަރިކަނބަލުންނެވެ.

އެކަމާއަކީ ސައްޔިދު ދަރިކޮޅަކުން 1800ގެ ތެރޭގައި ރާއްޖެ ވަޑައިގެންނެވި، ފުރަމާލޭ ކަޅުހުރާގޭ ސައްޔިދު ދަރިކޮޅުގެ ސައްޔިދު ޢަލީ ބޮޑުސީދީގެ، ދޮންސީދީގެ ދަރިކަނބަލުން، ސިއްތިގޮމާގެ ދަރިކަނބަލުން، އައްނަބީލާ ޖަމީލާގެ ދަރިކަނބަލުންނެވެ.

އެޑިޓަރުގެ ނޯޓު:މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.