ރާއްޖޭގެ ސިއްހީ ހިދުމަތުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 60 ޕަސެންޓް ޑޮކްޓަރުންނަކީ ބިދޭސީން ކަމަށް މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސިއްހީ ހިދުމަތަކީ ގިނަ އަދަދެއްގެ ބިދޭސީންނާ އެކު މި ސަރުކާރުން ދެމުންގެންދާ ހިދުމަތަކަށްވާ އިރު، އެ ދާއިރާއިން ދިވެހިންނަށް ފުރުސަތުތައް ފުޅާކޮށް ބިދޭސީން މަދު ކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒަމީރު މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ސިއްހީ ހިދުމަތަކީ ވަރަށް ގިނަ އަދަދެއްގެ ބިދޭސީންނާ އެކު ފޯރުކޮށްދެމުންދާ ހިދުމަތެއްކަމުން، ހިދުމަތް ދޫކޮށްލައްވާފައި ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ހިދުމަތުން ވަކިވެގެންދާ ޑޮކްޓަރުން އިދާރީގޮތުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ސިއްހީ ހިދުމަތުގައި 2025 ވަނަ އަހަރަށް ބަލާއިރު ތަފާސް ހިސާބުތަކުން ދައްކަނީ 12،000 އަށްވުރެ ގިނަ މީހުން މި ހިދުމަތުގައި މަސައްކަތް ކުރަމުންދާކަން، އަތޮޅުތެރޭގައި ހަތްހާހަށްވުރެ ގިނަ މީހުން، މާލޭގައި 5،000 އަށްވުރެ ގިނަ މީހުން އޭގެ ތެރޭގައި ބިދޭސީންގެ އަދަދަކީ 3400 އަށްވުރެ ގިނަ ބިދޭސީ ޑޮކްޓަރުން ހިމެނޭ،"
މިނިސްޓަރު ވިދާޅުވީ، އުއްމީދަކީ ގިނަ އަދަދެއްގެ ދިވެހިންނާ އެކު ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން އެކަމަށްޓަކައި ގައުމީ ޔުނިވާސިޓީގައި މިހާރުވެސް ތަމްރީނުތައް ފޯރުކޮށްދެމުންދާ އިރު، އެ ކޯސްތަކަށް ގިނަ ދިވެހިން ކުރިމަތިލުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
އިބްރާހިމް ޒަކީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ކޮމެންޓް