އޭޝިއާގެ ތިންވަނަ ފަންތީގެ ކްލަބް ފުޓުބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން އެފްސީ ރެގާރު ޓަޑާޒް ޓުރްސުންޒޯޑާ ބައްދަލުކުރަން އޮތް މެޗު ފަސްކުރަން ޖެހިއްޖެއެވެ.
މާޒިޔާ މެޗު ފުރަތަމަ ތާވަލުކޮށްފައި އޮތީ މާދަމާ ހަވީރަށެވެ. އެއީ ގައުމީ ދަނޑުގައި ކުޅޭ ގޮތަށެވެ. އެމެޗު މިހާރު 12 ވަނަ ދުވަހުގެ ހަވީރަށް ފަސްކޮށްފައި ވަނީ ރެގާރު ރާއްޖެ އަންނަން ދަތުރު ފަތުރުގެ ކަންކަން ހަމަނުޖެހިގެންނެވެ. އެޓީމަށް އަދިވެސް ރާއްޖެ އާދެވޭ ގޮތް ވެފައި ނުވާ އިރު، އޭއެފްސީން މިހާރު ނިންމާފައިވަނީ އެމެޗު ފަސްކުރުމަށެވެ. މިހާރު އޮތް ގޮތުން ރެގާރު ރާއްޖެ އަންނަ ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުއެވެ.
ރެގާރަކީ އޭއެފްސީގައި ތާރީހެއް އޮތް ޓީމެކެވެ. އެގޮތުން އެޓީމު ވަނީ އޭއެފްސީ ޕްރެސިޑެންޓްސް ކަޕް ތިން ފަހަރު ކާމިޔާބުވެސް ކޮށްފައެވެ. އެއީ 2000 ގެ ކުރީކޮޅުގައެވެ. އެހެން ނަމަވެސް 2013 ހިސާބުގައި އެ ކްލަބަށް ފައިސާ މައްސަލަތައް ދިމާވެ، މި ދޭތެރެއިން އޭޝިއާ މުބާރާތްތަކުން ގެއްލިފައިވެސް ވެއެވެ. ރެގާރުން އެނބުރި އައީ 2025-26 ވަނަ އަހަރު ޗެމްޕިއަންސް ލީގު ދެއަށެވެ.
ރެގާރު ވަނީ މިދިޔަ އަހަރު އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅެފައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
ކޮމެންޓް