ފްރާންސްގެ ޑިފެންޑަރު ލޫކާ ޑީނިއާ، އޭނާގެ ކުރީގެ ކްލަބު ޕީއެސްޖީއާ އަލުން ގުޅިއްޖެއެވެ.

އެސްޓަން ވިލާއަށް ކުޅެމުންދިޔަ އުމުރުން 33 އަހަރުގެ ޑީނިއާ ވަނީ މިދިޔަ ހަތަރު ސީޒަނާއި ބައި އެ ކްލަބުގައި ހޭދަކޮށްފައެވެ. އޭނާއަކީ އެ އުނައި އެމެރީގެ ކޯޗުކަމުގައި އެ ކްލަބަށް މުހިއްމު ކުޅުންތެރިއެކެވެ. ޑީނިއާ ވަނީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ވިލާއާއެކު ކާމިޔާބު ކޮށްފައެވެ.

ޑީނިއާ، 2029 ވަނަ އަހަރާ ހަމައަށް ޕީއެސްޖީއާއެކު އެއްބަސްވުން ހަދާފައިވާ އިރު، އެ ޑީލްގެ އަގަކީ ކޮބައިކަން މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ. ނޫސްތައް ބުނީ ޕީއެސްޖީން ޑީނިއާ ގެންދިޔައީ ރިލީސް ފީ ކަމަށްވާ 11.46 މިލިއަން ޑޮލަރު ދީފައި ކަމަށެވެ. ޑީނިއާ މިފަހަރު ޕީއެސްޖީއަށް އެނބުރި ގޮސްފައި ވަނީ 11 އަހަރު ފަހުންނެވެ. އޭނާ ވަނީ ކުރިން 2013 އިން 2015 ވަނަ އަހަރާ ހަމައަށް އެ ކްލަބަށް ކުޅެ ކާމިޔާބީތައް ހޯދައިފައެވެ.

އެގޮތުން، އެ ދުވަސްތަކުގައި ދެ ފަހަރަށް ފްރާންސް ލީގު ކާމިޔާބުކޮށް، ފްރެންޗް ކަޕާއި ލީގު ކަޕްވެސް އޭނާ ހޯދާފައިވެއެވެ.

ޕީއެސްޖީއަށް ކުޅުމުގެ ކުރިން ޑީނިއާ ވަނީ ލިލްއާއި ރޯމާއަށްވެސް ކުޅެފައެވެ. އޭގެ އިތުރުން 2016 ވަނަ އަހަރު އޭނާ ބާސެލޯނާއަށްވެސް ބަދަލުވެ، އެ ކްލަބަށް 46 މެޗު ކުޅެ، ލީގު ތަށްޓާއި ކޮޕާ ޑެލް ރޭވެސް ހޯދައިފައިވެއެވެ. ޑީނިއާ ވަނީ އޭގެފަހުން އެވަޓަންއަށްވެސް ކުލެފައެވެ.

ޑީނިއާއަކީ 2014 ވަނަ އަހަރުން ފެށިގެން ފްރާންސަށް ކުޅެފައިވާ ޑިފެންޑަރެކެވެ. އެންމެފަހުން 2026 ވަނަ އަހަރު ވޯލްޑް ކަޕްގައިވެސް ޑީނިއާ ފްރާންސަށް ކުޅެފައިވާ އިރު، ޖުމުލަ 64 މެޗެއް ގައުމީ ޓީމަށް ކުޅެފައިވެއެވެ.