އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ރޯހިތު ޝަރްމާއާއި، ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަޖޭ ދޭވްގަން އަދި މަދޫރީ ޑިކްސިޓް އާ ޓީވީ ޝޯތަކަކުން ފެނިގެންދާނެކަން ސޮނީ ޕިކްޗާސް ނެޓްވޯކްސް އިންޑިއާ (އެސްޕީއެންއައި) އިން ކަށަވަރުކޮށްދީފިއެވެ.
ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޝަން އަދި ސޮނީ ލިވް މެދުވެރިކޮށް ރޯހިތު ޝަރްމާ އޭނާގެ އަމިއްލަ ޝޯއަކުން ޓީވީއަށް ތައާރަފުވާނެކަން ވަނީ އިއުލާންކޮށްފައެވެ. މި ޝޯގެ ނަމާއި ފަށާނެ ތާރީހެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ރޯހިތު ހިމެނޭ ޓީޒާއެއް ސޯނީން ވަނީ އާންމުކޮށްފައެވެ. މި ޓީޒާގައި އޭނާގެ މަޝްހޫރު ޑައިލޮގް ކަމަށްވާ “ކޮއި ބީ ގާޑަން މޭ ނެހީ ގޫމޭގާ” ބޭނުންކޮށްފައިވެއެވެ.
މީގެ އިތުރުން، ސޮނީ ޓީވީން ގެނެސްދޭ ކްރައިމް ޕެޓްރޯލްގެ އާ ސީޒަން ހޯސްޓުކުރާނީ އަޖޭ ދޭވްގަން ކަމަށް އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކުރި ޕްރޮމޯއަކުން ކަށަވަރުކޮށްދީފައެވެ. 2010 ވަނަ އަހަރުން ފެށިގެން މި ޝޯ ހޯސްޓުކުރަމުން އައި އަނޫޕް ސޯނީގެ ބަދަލުގައި އަޖޭ ފެނިގެންދާއިރު، އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ވަނީ މިހާތަނަށް 15 އެޕިސޯޑެއް ޝޫޓްކޮށްފައެވެ.
މަދޫރީ ޑިކްސިޓް ފެނިގެންދާނީ ކޯން ބަނޭގާ ކްރޯރްޕަތީ (ކޭބީސީ) ގެ މަހާރާޝްޓްރާ ވާޝަން ކަމަށްވާ ‘ކޯން ހޯނާރް ކްރޯރްޕަތީ’ ގެ ހޯސްޓުގެ ގޮތުގައެވެ. އައިއޭއެންއެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަދޫރީ މި ޝޯ ހޯސްޓުކުރާކަން ރަސްމީކޮށް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 10 ވަނަ ދުވަހު އަމީތާބް ބައްޗަން ހޯސްޓުކުރާ ކޭބީސީ 18 ވަނަ ސީޒަންގެ ޕްރިމިއާގައެވެ. މިއީ މަދޫރީ ކޭބީސީ ފްރެންޗައިޒްއާ ގުޅޭ ފުރަތަމަ ފަހަރެވެ.
ޓީވީ ޝޯ
ޓީވީ ޝޯ
ޓީވީ ޝޯ
ޓީވީ ޝޯ
ކޮމެންޓް