މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ތިން ގުނައަށް އުފުލިފައިވާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "އިގްތިސޯދު ހަމަމަގަށް" ޕެނަލް މަޝްވަރާގައި ޝިމާދު ވިދާޅުވީ ރާއްޖެއަށް މުދާ އެތެރެކުރުމުގެ ހަރަދު ބޮޑުވާން ދިމާވި އެންމެ މައިގަނޑު ސަބަބަކީ އުޅަނދުފަހަރުގެ ފްރައިޓް އަގުތަކާއި އިންޝުއަރެންސް ފީތަކަށް އައި ބޮޑު ބަދަލު ކަމަށެވެ.
ޝިމާދު ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ މޭ އަދި ޖޫން މަހުގެ ތެރޭގައި ތެލުގެ އަގު ވަނީ ކުރިއާ އަޅާބަލާއިރު ތިން ގުނަ އިތުރުވެފައެވެ. ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާނުންނެވެ. އޮމާނަކީ ހަނގުރާމަ ހިނގާ ސަރަހައްދެއް ނޫން ނަމަވެސް، އެ ސަރަހައްދުގެ ނުތަނަވަސްކަމާ ހުރެ "ވާ ރިސްކް އިންޝުއަރެންސް" ނަމުގައި އިތުރު އިންޝުއަރެންސެއް ނަގަން ޖެހުމަކީ ހަރަދު ބޮޑުވާ ސަބަބެއްކަމަށް ޝިމާދު ވިދާޅުވިއެވެ.
ނަމަވެސް، މި ދަތިތަކުގެ ތެރެއިންވެސް އެސްޓީއޯއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އެ ކުންފުނީގެ އަމިއްލަ ދެ ބޯޓުގައި ތެޔޮ އުފުލަން ފެށުންކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ސަބަބުން ބޭރުގެ ކުންފުނިތަކުން ބޯޓު ޗާޓާކުރުމަށް ހިނގާނެ ބޮޑު ހަރަދަކުން ސަލާމަތްވެ، ތެލުގެ އަގު މެނޭޖްކުރުމަށް ފުރުސަތު ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލާލީން ޗާޓާކުރާ ނަމަ، ވާނެ ގޮތް. ކުރިން އަޅުގަނޑުމެން 6 ޑޮލަރަށް ޗާޓާ ކުރާ ބޯޓު މިހާރު 950،000 ޑޮލަރަށް އިތުރުވެއްޖެ. މިއީ ދިވެހިރާއްޖެ އުފެދޭ ކޮސްޓެއް ނޫން. އެފްއޯބީ ކޯސްޓާއި ޝިޕިން ކޯސްޓް އަދި އިންޝުއަރެންސް ކޯސްޓު އިތުރުވެގެން އަންނަ މިންވަރު ފާހަގަކޮށްލަން ޖެހޭ. އެކޯސްޓްތައް ބެއާ ކުރަން،" ޝިމާދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
ކޮމެންޓް