ބާސެލޯނާގެ އުރުގުއާއީ ޑިފެންޑަރު ރޮނާލް އަރައޫހޯ، ލޯން އެއްބަސްވުމެއްގައި ލިވަޕޫލަށް ސޮއިކޮށްފިއެވެ.
އުމުރުން 27 އަހަރުގެ އަރައޫހޯ ލިވަޕޫލާ ގުޅިފައި ވަނީ އެއް ސީޒަނުގެ ލޯން އެއްބަސްވުމެއްގައެވެ. އަދި ލިވަޕޫލުން ބޭނުންވާނަމަ، ލޯން އެއްބަސްވުން ހަމަވުމާއެކު ގަތުމަށް މަޝްވަރާ ކުރެވޭނެ ގޮތަށްވެސް ހިމަނާފައިވެއެވެ.
އުރުގުއާއީގެ ބޮސްޓަން ރިވާއިން 2018 ވަނަ އަހަރު ބާސާއާ ގުޅުނު އަރައޫހޯ ވަނީ އެ ކްލަބަށް 200 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. ކްލަބާއެކު ތިން ފަހަރަށް ލީގު ކާމިޔާބުކޮށް، ދެފަހަރަށް ކޮޕާ ޑެލް ރޭވެސް ހޯދި އަރައޫހޯއަކީ މިހާރު ބާސާގެ ކެޕްޓަނެކެވެ. އެގޮތުން ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ދިޔުމާއެކު އެންމެފަހުން ބޭންޑް ހަވާލުކޮށްފައި ވަނީވެސް އޭނާއާއެވެ.
އަރައޫހޯއަކީ ބާސާއިން ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެއް ނަމަވެސް، 2024-25 ވަނަ އަހަރު ސީޒަނުގައި ކުރިމަތިވި ފަލަމަސްގަނޑުގެ އަނިޔާއާއެކު ފޯމަށް ބަދަލުތަކެއް އައެވެ. އެފަހަރު 147 ދުވަހު ނުކުޅެ ހުންނަން ޖެހިފައިވާ އިރު، މިދިޔަ ސީޒަނުގައިވެސް އޭނާ ފެށީ ލީގުގެ 11 މެޗެއްގައި އެކަންޏެވެ.
ބާސާއާއެކު 2031 ގެ ނިޔަލަށް އަރައޫހޯ އެއްބަސްވުން ހަދާފައިވާ އިރު، އަނިޔާތައް ވެގެން ގޮސްފައި ވަނީ އޭނާގެ ކެރިއަރުގައި ޗެލެންޖަކަށެވެ.
ލިވަޕޫލްގެ މުހިއްމު ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ އިރު، އޭނާ ނެތްތައް ފޫބައްދަން ކުރަމުންދާ މަސައްކަތުގައި އަރައޫހޯ ވެގެންދާނީ މުހިއްމު ކުޅުންތެރިޔަކަށެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ކޮމެންޓް