އީރާނުން ދިން ހަމަލާތަކުގައާއި އެ ގައުމުގެ އެތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންނަށް ބަދަލުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ގޮވާލައްވައިފިއެވެ. ޓްރަމްޕް މިކަމަށް ގޮވާލެއްވީ، ފަސް މަސްދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގެ ބަދަލުގެ ގޮތުގައި 300 ބިލިއަން ޑޮލަރު ދިނުމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އީރާނުން ޑިމާންޑްކޮށްފައި ވަނިކޮށް ކަމަށް ދަ ގާޑިއަންއިން ރިޕޯޓުކޮށްފައިވެއެވެ.
ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުގެ ކުރީގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އިސްވެ ހުރެ ދިން ހަމަލާތަކުގައާއި، މަގުމަތީގައި ބޮން ގޮއްވައިގެން ދިން ހަމަލާތަކުގައި މަރުވި އެމެރިކާ ސިފައިންނަށް ބަދަލުދޭން ޖެހޭނެއެވެ. މީގެ އިތުރުން 2000 ވަނަ އަހަރު ޔޫއެސްއެސް ކޯލްއަށް ދިން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ވެސް ބަދަލުދޭން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ފާއިތުވި 50 އަހަރުގެ ތެރޭގައި އީރާނުގައި މުޒާހަރާކުރި އެތައް ލައްކަ ބަޔަކު މަރާލާފައިވާ ކަމަށް ތުހުމަތުކުރައްވައި، އެ މީހުންގެ އާއިލާތަކަށް ވެސް ބަދަލުދޭން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި މަރުވި 52،000 މީހުންނަށް ވެސް ބަދަލުދޭން ޖެހޭނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ދެމެދުގައި ބަދަލުދިނުމުގެ މައްސަލަ ހޫނުވެފައި މިވަނީ، ހޮރުމުޒް ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތައް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނެފައިވާ ގޮތުގައި އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މުދާތައް ދޫކޮށްލުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ހުށަހަޅާފައިވާ ޑިމާންޑްތައް ފުރިހަމަ ނުކުރާހާ ހިނދަކު ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައެވެ. ކުރިއަށް އޮތް ތަނުގައި ކުރާ ކޮންމެ މަޝްވަރާއެއްގައި ވެސް އެމެރިކާއިން ބަދަލު ހޯދަން ހުށަހަޅާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް