ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ޒުވާނަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ އިއްޔެ، ފެހިވިލާގެ / ށ. މާއުނގޫދޫ، މުހައްމަދު ފާރިގު (28އ) ގެ މައްޗަށެވެ.
ކޯޓުން ވަނީ 25 އަހަރަށް އޭނާ ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމަށް ވެސް ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ.
މިދިޔަ އާދީއްތަ ދުވަހު ވެސް ވަނީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، މީހަކު 25 އަހަރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. އެ ހުކުމް ކޮށްފައިވަނީ ދަފްތަރު ނަންބަރު 07 / ސ. މީދޫ, އަބްދުލްވައްހާބު އަހުމަދު (59އ) ގެ މައްޗަށެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް