ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ކައިވެނިކޮށްފިއެވެ. ދިހަ އަހަރު ވާންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެމީހުން ކައިވެނިކުރިކަން ރޮނާލްޑޯގެ ޕަބްލިކް ރިލޭޝަންސް ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ޕޯޗުގަލްގެ ކަސްކައިސްގައެވެ.
ރޮނާލްޑޯގެ ޕީއާރު ކަންކަން ބަލަހައްޓާ ބްރަންސްވިކް ގްރޫޕުން ބުނި ގޮތުގައި، މިއީ ހަމައެކަނި އެ މީހުންގެ ފަސް ކުދީން ބައިވެރިވި ވަރަށް ހާއްސަ އަދި އަމިއްލަ ރަސްމިއްޔާތެކެވެ. ކައިވެނިކުރިކަން އިއުލާންކުރުމުގެ ގޮތުން ރޮނާލްޑޯއާއި ޖޯޖީނާ ވަނީ އެ މީހުންގެ ކައިވެނީގެ އަނގޮޓި ފެންނަ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އަދި އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ “ސީ (ހިތެއް) ޖީ” އެވެ.
މި ކައިވެނީގެ ހަބަރު ކަށަވަރުވެފައި މިވަނީ، ރޮނާލްޑޯގެ އުފަންރަށް ކަމަށްވާ މަޑެއިރާގެ ފައްޅިއެއްގައި އެ ދެމީހުން ކައިވެނިކުރަން އުޅޭކަމަށް ބުނެ ދޮގު ހަބަރުތަކެއް ފެތުރިފައި ވަނިކޮށެވެ. އެ ހަބަރުތަކާ ގުޅިގެން ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ސަރަހައްދަށް އެއްވި ނަމަވެސް، ފަހުން އެނގުނު ގޮތުގައި އެތަނުގައި އޮތީ މުޅިން އެހެން ބައެއްގެ ކައިވެންޏެކެވެ. ރޮނާލްޑޯއާއި ޖޯޖީނާ އެންގޭޖްވެފައިވަނީ އޮގަސްޓު 2025 ގައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯއާއި 32 އަހަރުގެ ޖޯޖީނާ އެންމެ ފުރަތަމަ ބައްދަލުވީ 2016 ވަނަ އަހަރު ސްޕެއިންގެ މެޑްރިޑްގައި ހުންނަ ގުޗީ ފިހާރައަކުންނެވެ. އޭރު ޖޯޖީނާ މަސައްކަތްކުރަމުން ދިޔައީ އެ ފިހާރައިގެ ސޭލްސް އެސިސްޓެންޓެއްގެ ގޮތުގައެވެ. އޭގެ ފަހުން މި ދެމީހުން އެކުގައި އުޅެމުން އަންނައިރު، އެ މީހުންގެ އާއިލާގައި ފަސް ކުދިން ހިމެނެއެވެ. ކައިވެންޏަށްފަހު ރޮނާލްޑޯ މިހާރު އަންނަނީ އޭނާ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ ކްލަބް އަލް ނަސްރާއެކު އާ ސީޒަނަށް ތައްޔާރުވަމުންނެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކޮމެންޓް