ޒުވާނުންނަށް ހުނަރާއި ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގައި ސަރުކާރު ދެމި އޮންނާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޒުވާނުންގެ އުފެއްދުންތެރިކަމާއި ވިލުންތެރިކަމާއި އަދި ވަރުގަދަ އަޒުމުން ގައުމާއި މުޖުތަމައު އެތައް ގޮތަކުން ބައްޓަންކުރަމުން އަންނ ކަމަށެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 ޕަސަންޓަކީ ޒުވާނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމީހުންގެ އުންމީދުތަކާއި މަގުސަދުތަކަކީ ރާއްޖޭގެ މުސްތަގުބަލުގެ މައިގަނޑު އަސާސް ކަމަށެވެ.
"މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުމާއި އަދި މާނަހުރި ވަޒީފާގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމުގައި ދެމިއޮތުމަށް މި ސަރުކާރުން އޮތީ އަޒުމް ކަނޑައަޅައިފައި" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ސަބަބުން، ތައުލީމީ މަރުހަލާއިން ފެށިގެން ވަޒީފާގެ މައިދާނާ ހަމައަށް އޮންނަ މަގުތައް އިތުރަށް ހަރުދަނާވެގެން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މިއަދާއި މާދަމާ އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށާއި އެއީ ފާގަތިކަމާއ ވިލުންތެރިކަމާއި އަދި ދެމެހެއްޓެނިވި ތަރައްގީގެ މުސްތަގުބަލަކަށް ވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެ މަނިކުފާނަށް އެބައޮތް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް