ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ވިއްކައިލި ކަމަށް މި ސަރުކާރުން ބުނާ މައްސަަލަ ރައްޔިތުންގެ މަޖިލީހުން ތަހުގީގު ކޮށްދިނުމަށް މިނިސްޓަރު އޮފް ފިޝަރީޒ،ް އެގްރިކަލްޗާ އެންޑްއޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އެދިވަޑައިގެންފިއެވެ.
މަޖިލިސް މެންބަރުންގެ ކިބައިން މިނިސްޓަރު މިކަމަށް އެދިވަޑައިގަތީ، މިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަންޑުން ބައެއް ވިއްކައިލި ކަމަށް ބުނާ ސަރަހައްދު ހޯދުމަށް ކަމަށް ބުނެ މި ސަރުކާރުން ފެށި މަސައްކަތް ގޮސްފައި އޮތް ހިސާބެއް އޮޅުން ފިލުއްވުމަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ސަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިދިޔަ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކައިލީ ދިވެހި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގައި އަހާވެސް ނުލައި ކަމަށާއި ރައްޔިތުންނަށް ނުވެސް އެނގި ކަމަށެވެ.
"ފުރަތަކަ ދުވަހުން ފެށިގެން އެބައި ހޯދުމުގެ މަސައްކަތްތައް ވަނީ ފެށިފައި އެއްދުވަހުން ދެދުވަހުން ވާކަހަލަ ކަންތައްތަކެއް ނޫން އެއީ ވަކިން ހާއްސަކޮށް ރާއްޖޭގެ ސޮވެއިންއާ ގުޅުންހުރި ކަމެއް ސިޔާސަތާ ގުޅުންހުރި ކަމެއްއެއީ،"
މިނިސްޓަރު ވިދާޅުވީ، ވިއްކާލި ކަނޑުގެ ސަރަހައްދަކީ، ވަރަށް ގިނައިން މަސް ބްރީޑްކުރާ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެއީ މަސްވެރިންނަށްވެސް ލިބިގެންދިޔަ ވަަރަށް ބޮޑު ދެރައެއް ކަމަށާއި ވަރައް ބޮޑު ގެއްލުމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ހަގީގަތުގައި މިއީ ގައުމަށް ގައްދާރުވުން، އަޅުގަނޑު އެދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ވެސް މިކަންތައް އިތުރަށް ތަހުގީގުކޮށް ބައްލަވަން، މިއީ ރައްޔިތުންނާ ގުޅުންހުރި ކަމެއް، މިއީ ގައުމުގެ ސިޔާސަތާއި މި ގަމުގެ ރައްކާތެރިކަމާ ގުޅުންހުރި ކަމެއް، މި ގައުމުގެ އިގްތިސާދާ ގުޅުންހުރިކަމެއް،"
އިބްރާހިމް ޒަކީ
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ކޮމެންޓް