އިނގިރޭސި ވިލާތަށް ރާއްޖެ އިން އެކްސްޕޯޓްކުރާ މަހުގެ ޓެރިފް ކަނޑައިލުމުން މަސްގަތުމުގެ ވާދަވެރި ބާޒާރެއް ރާއްޖޭގައި އުފެދިފައިވާ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒ،ް އެގްރިކަލްޗާ އެންޑްއޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޓެރިފް ކަނޑައިލުމުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް 20 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން މަސްވެރިންގެ އަތުން ކުންފުނިތަކަށް ގަންނަ މަހަށް ދޭ އަގު ރަނގަޅު ކުރުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ހޮރައިޒަން ފިޝަރީޒް އާއި އެންސިސް ފިޝަރީޒްގެ އިތުރުން މިފްކޯ އިން ރަނގަޅު އަގުގައި މަސްވެރިން އަތުން މަސް ގަންނަމުން ދާކަމަށްވެސް މިނިސްޓާރު ވިދާޅުވިއެވެ.
"ހަގީގީ ވާދަވެރި ބާޒާރެއް، މަހުގެ އުފެދިއްޖެ ކަން އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން،"
އިބްރާހިމް ޒަކީ
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ކޮމެންޓް