ދިރާގު މޯލްޑިވްސް ރޯޑް ރޭސް ނޮވެމްބަރު 20 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ އިތުރުން ހުލުމާލެ ފުލުހުންނާއި އެޗްޑީސީން ވަނީ އެ ދުވަހުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އެ ދުވުމުގެ ހާފް މެރަތޯން ރޭސް ފަށާ ގަޑިއަކީ ދަންވަރު 2:30 އެވެ. 10 ކިލޯމީޓަރުގެ ރޭސް ފަށާ ގަޑިއަކީ ފަތިހު 5:30 އެވެ. 5 ކިލޯމީޓަރު ދުވުންތެރިން ދުވަން ހަމަޖެހިފައިވާ ވަގުތަކީ 16:30 އެވެ.
މި ފަހަރުވެސް ދިރާގު މެރަތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައެވެ.
މެރަތޯންގެ ކެޓަގަރީތައް އަދި އުމުރުފުރާ:
- ހާފް މެރަތޯންގައި 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް
- 10 ކިލޯމީޓަރު ދުވުމުގައި ބައިވެރިވެވެނީ 16 އަހަރުން މަތީގެ ފަރާތްތަކަށް
- ފަސް ކިލޯމީޓަރުގައި އަންހެން ފިރިހެން ހިމެނޭހެން ހަތް އަހަރުން މަތިން
- ސްކޫލް ކެޓަގަރީތަކުން 13 އަހަރުން ދަށް އަންހެން ފިރިހެން - ބައިވެރިވެވެނީ ހަތް އަހަރާއި ބާރަ އަހަރާ ދެމެދުގެ ދަރިވަރުންނަށް
- ފަސް ކިލޯމީޓަރު 13 އަހަރުންމަތި އަންހެން ފިރިހެން، 13 އަހަރާއި 18 އަހަރޭ ދެމެދު.
- ފަސް ކިލޯމީޓަރު ޓީމް ކެޓަގަރީތަކަކީ: ރިޒޯޓް ޓީމްސް، ކޯޕްރޭޓް ޓީމްސް، ރަނިން ކްލަބްސް، ކޮލެޖް އަދި އިންސްޓިއުޓްސް - މި ޓިމްތަކުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ފަރާތްތަކަށް.
ރޭސް ކެޓަގަރީތަކާއި އިނާމުތައް:
- ހާފް މެރަތޯން އޯޕަން ކެޓަގަރީގެ 1 ވަނަ: އަންހެން އަދި ފިރިހެން ވަކިން - 25،000 ރުފިޔާ
- ހާފް މެރަތޯން އޯޕަން ކެޓަގަރީގެ 2 ވަނަ: އަންހެން އަދި ފިރިހެން ވަކިން - 15،000 ރުފިޔާ
- ހާފް މެރަތޯން އޯޕަން ކެޓަގަރީގެ 3 ވަނަ: އަންހެން އަދި ފިރިހެން ވަކިން - 10،000 ރުފިޔާ
- ސްކޫލު ކެޓަގަރީތަކުން 13 އަހަރުން މަތީގެ 1 ވަނަ: އަންހެން އަދި ފިރިހެން ވަކިން - 5000 ރުފިޔާ
- ސްކޫލު ކެޓަގަރީތަކުން 13 އަހަރުން މަތީގެ 2 ވަނަ: އަންހެން އަދި ފިރިހެން ވަކިން - 3000 ރުފިޔާ
- ސްކޫލު ކެޓަގަރީތަކުން 13 އަހަރުން މަތީގެ 3 ވަނަ: އަންހެން އަދި ފިރިހެން ވަކިން - 1000 ރުފިޔާ
- 10 ކިލޯމީޓަރު ޓީމް ކެޓަގަރީތަކުން 1 ވަނަ: 10000 ރުފިޔާ
- 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު އޯޕަން ކެޓަގަރީގެ 1 ވަނަ: އަންހެން އަދި ފިރިހެން ވަކިން - 10000 ރުފިޔާ
- 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު އޯޕަން ކެޓަގަރީގެ 2 ވަނަ: އަންހެން އަދި ފިރިހެން ވަކިން - 8000 ރުފިޔާ
- 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު އޯޕަން ކެޓަގަރީގެ 3 ވަނަ: އަންހެން އަދި ފިރިހެން ވަކިން - 6000 ރުފިޔާ
- 5 ކިލޯމީޓަރު ސްކޫލް ކެޓަގަރީގެ 1 ވަނަ: އަންހެން އަދި ފިރިހެން ވަކިން - 5000 ރުފިޔާ
- 5 ކިލޯމީޓަރު ސްކޫލް ކެޓަގަރީގެ 2 ވަނަ - އަންހެން އަދި ފިރިހެން ވަކިން - 3000 ރުފިޔާ
- 5 ކިލޯމީޓަރު ސްކޫލް ކެޓަގަރީގެ 3 ވަނަ - އަންހެން އަދި ފިރިހެން ވަކިން - 1000 ރުފިޔާ
- 05 ކިލޯމީޓަރު އޯޕަން ކެޓަގަރީ: 1 ވަނަ ޓީމަށް 10000 ރުފިޔާ
- 5 ކިލޯމީޓަރު އޯޕަން ކެޓަގަރީ: 2 ވަނަ ޓީމަށް 8000 ރުފިޔާ
- 5 ކިލޯމީޓަރު އޯޕަން ކެޓަގަރީ: 3 ވަނަ ޓީމަށް 6000 ރުފިޔާ
ފާތިމަތު ލިއުޝާ
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ކޮމެންޓް