ދިރާގުގެ ހިއްސާދާރުންގެ ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ދޫކުރުމަށްޓަކައި، ހިއްސާދާރުންގެ ޓެކްސް ރެޒިޑެންސް ސްޓޭޓަސްގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށްފަހު އެ މައުލޫމާތު އަޕްޑޭޓްކުރުމަށް އެ ކުންފުނިން މިއަދު އިލްތިމާސްކޮށްފިއެވެ.
ދިރާގުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑެންޓުން ނޫން ފަރާތްތަކަށް ދޭ ފައިދާއިން 10 އިންސައްތައިގެ ރޭޓުން 'ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް' އުނިކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން، ފައިދާ ދޫކުރާ ވަގުތު އެއީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ދައްކަންޖެހޭ ޓެކްސް އުނިކުރުމަށް ކުންފުންޏަށް ލާޒިމުކުރާ ކަމަށްވެސް ދިރާގުން ބުނެއެވެ.
ޓެކްސް ރެޒިޑެންސް މައުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ ހިއްސާދާރުން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އެ މައުލޫމާތު އާކުރެވޭނެއެވެ. ނުވަތަ 'ޝެއަރހޯލްޑާ އިންފޮމޭޝަން ފޯމު' ފުރިހަމަކުރުމަށްފަހު ދިރާގުގެ އިންވެސްޓާ ރިލޭޝަންސް އީމެއިލް އެޑްރެސް، [email protected] އަށް ފޮނުވައިގެންވެސް މައުލޫމާތު އަޕްޑޭޓް ކުރެވޭނެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް