މަސްތުވާތަކެއްޗާއެކު ތ. ހިރިލަންދޫއަށް ނިސްބަތްވާ ޒުވާން އަންހެނަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ހިރިލަންދޫން މި މަހުގެ ކުރީކޮޅު ވަނީ މަސްތުވާތަކެއްޗާއެކު އަންހެން ދެ ބޭންނާއި ފިރިހެނަކުވެސް ހައްޔަރުކޮށްފައެވެ.
މަސްތުވާތަކެއްޗާއެކު ހިރިލަންދޫ އަންހެނަކު މި ފަހަރު ހައްޔަރުކުރީ މާލެއިންނެވެ. އެގޮތުން މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާކަމުގެ ތުހުމަތުގައި މި ފަހަރު ހައްޔަރުކުރީ ތ. ހިރިލަންދޫ، ކަޝްމީރު، އާއިޝަތު ޝުވައިދާ 26އ. އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ 15 ދުވަސް ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައެވެ.
ޝުވައިދާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ އަތުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ދިހަ ރަބަރު ކޮތަޅު ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި އޯޕީއައި އަދި ބެންޒޯއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ކޯޓުގައި ދިފާއުވުމަށް ޝުވައިދާ ބުނެފައިވަނީ އޭނާގެ އަތުން ފެނިފައިވާ މަސްތުވާތަކެއްޗަކީ އޭނާ ބޯން ގެންގުޅޭ މަސްތުވާތަކެތި ކަމަށާއި ފަރުވާއަށް ދާން ބޭނުންވާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް