ރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޔޫއޭއީގެ ރައީސް ޝައިހު މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މި ދެ ބޭފުޅުން މިއަދު ބޭއްވެވި ފޯނު ކޯލާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީން ބުނީ، ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ގުޅުއްވައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.
އެގޮތުން، އިގުތިސޯދީ ކުރިއެރުމަށާއި ތަރައްގީގެ އެކި މަޝްރޫއުތަކުގައި ދެ ގައުމުގެ ބައިވެރިވުން އިތުރުކުރުމަށް މި މަޝްވަރާގައި ހާއްސަ އިސްކަމެއް ދެއްވާފައިވާކަމަށް އެމްބަސީން ބުންޏެވެ.
އެމްބަސީން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ފައިދާހުރި އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ދެ ލީޑަރުން ވަނީ އިގުރާރުވެވަޑައިގެންފައި ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ޔޫއޭއީގެ އެހީތެރިކަމާއި ބައިވެރިވުން ދެމިއޮންނާނެކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ވަނީ އާކޮށްފައިކަމަށް އެމްބަސީން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް