އެމްޑީޕީ އަލުން ވެރިކަމަށް އައުމަށްވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އިސްކުރެއްވުމަކީ، ރައީސް މުއިއްޒަށް ސަނާ ކިޔުއްވައި ތާއީދުކުރެއްވުން ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އެމްޑީޕީގެ މައްޗަށް އިހުތިޔާރުކުރައްވާނީ ރައީސް މުއިއްޒު ކަމަށް މީގެ ކުރިން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަ، އޮޅޭގޮތަށް ބައެއް ފަރާތްތަކުން މާނަކުރަމުންދާ ކަމަށެވެ.
އެމްޑީޕީގެ ދެ ވެރިކަމެއްގައި ގައުމު ހަލާކުކޮށްލި މިންވަރު ބޮޑުކަމުން އެ ޕާޓީއަށް ތާއީދު ނުކުރައްވާނެ ކަމަށާއި ބޮޑު ދެ ގެއްލުމެއްގެ މައްޗަށް އިހުތިޔާރު ކުރައްވާނީ ކުޑަ ގެއްލުން ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި ކަންކަން ގޯސްކޮށް ހުރި ނަމަވެސް އެމްޑީޕީއަށް ފުރުސަތު ދޭން ބޭނުންނުވާ ކަމަށެވެ. އަދި ދެއްކެވި ވާހަކަފުޅު އޮޅުވާނުލުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ވެރިކަން ކުރި ބައެއް ނޫން ކަމަށާއި އެއީ ހަމައެކަނި ނަމުން ޑިމޮކްރެޓިކް ބައެއް ކަމަށެވެ. އަދި އެމްޑީޕީގެ މައްޗަށް ރައީސް މުއިއްޒު އިހުތިޔާރުކުރެއްވުމަކީ ރައީސް މުއިއްޒަށް ވެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވުން ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް