ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ހއ. އުތީމަށް ވަޑައިގައިގެންފިއެެވެ.
އެމަނިކުފާނު އުތީމަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް އާއި ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުއްރަހްމާން އަބްދުﷲ އާއި ދައުލަތުގެ އިސްވެރިންނާއި އުތީމު ކައުންސިލު މެންބަރުންނާއި ބޭރުގެ އިއްޒަތްތެރިންނާއި ސަރުކާރަށް ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން އުތީމު ކުދި ބޮޑު އެންމެންނެވެ.
ރައީސް އުތީމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ބޮޑުތަކުރުފާނު ހަނދާނީ ދޮރުއަށި "ވާހަކަ ވާ" ހުޅުއްވައިދެއްވައިފައެެވެ. އެ ދޮރާއްޓަކީ ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު ކިޔައިދޭ ދޮރާއްޓެކެވެ. އެ ދޮރޯށީގައި ހަ ތަނބު ގާއިމްކޮށްފައިވެއެވެ. އެ ހަ ތަނބަ ރަމްޒުކޮށްދެނީ ބޮޑު ތަކުރުފާނުގެ އަރިހުގައި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރުމަށް ކުރި ޖިހާދުގައި ބައިވެރިވި ހަ ބޭފުޅުންނެވެ.
އުތީމުގައި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ވަނީ މިއަދުގެ 10:00ގައި ފަށައިފައެވެ. މި ޖަލްސާގައި ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމް ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގައުމީ ދުވަހުގެ ރަސްމީހަރަކާތްތައް އުތީމުގައި ފަށާފައި ވަނީ، އިއްޔެ ހެނދުނުއެވެ. އެގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިޔަށްގެންގޮސްފައިވެއެވެ. އަދި މިރޭ 21:00ގައި އުތީމުގައި ހަވާ އެރުވުން ވެސް އޮންނާނެއެވެ.
އައްސުލްތާނުލްގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑުތަކުރުފާނު) ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރަނީ، ރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް