ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށް އަރުވައިފިއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ކުރިޔަށްގެންދިޔަ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ދައުލަތުގެ އިއްޒަތް އެރުވުމަށް ފަހު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީ ލިޔުމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ވަނީ ދެއްވައިފައެވެ.
ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސް އެކުލަވާލައްފާފައިވާފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.
މި އަހަރު ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ދިނުމަށް ނިންމެވީ ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަރުވާފައިވަނީ 8 ބޭފުޅަކަށާއި ކުންފުންޏަކަށެވެ.
ގައުމީ އިނާމު ލިބި ވަޑައިގެންނެވީ ނިޝާން ދިޔަމިގިލި ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންނެވި ރާއްޖޭގެ ތާރީހަށާއި ދިވެހި ބަހުގެ އަދަބިއްޔާތުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މއ. ކަށިމާ، އަލްއުސްތާޒް އަހުމަދު ޝާކިރު އަށެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުން އަދި ޖަމިއްޔާ:
- ދިވެހި ބަހާ އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމް: ގދ. ފަރެސްމާތޮޑާ/ ހުސްނުހީނާނެ، މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު)
- ސިއްހީ ދާއިރާއިން ޝަރަފުވެރި ކަމުގެ ގައުމީ އިނާމު: ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އިނާމާ ހަވާލުވެލެއްވީ ޝީގެ ސީނިޔާ ވައިސް ޗެއާ ޕާސަން ފަޒްނާ ޝާކިރު
- އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ވ. ވަސްމީރު ފިޔަ/ އިބްރާހިމް ރަޝީދު، 40 އަހަރަށްވުރެއިން ގިނަ ދުވަސްވެފައިވާ ފަރާތެއް (ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑް)
- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ގ. ނޫރީ ފެހި ނަޖުމާ ހުސެއިން (ނަޖުމާއްތަ)
ފާތިމަތު ލިއުޝާ
ހއ. އުތީމު
ހއ. އުތީމު
ހއ. އުތީމު
ހއ. އުތީމު
ކޮމެންޓް