އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިފައިވާ ކަމަށް 11:35 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވެއެވެ.

ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށާއި އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލް މީޑިއާއިން މިއަދު "ވަން"އަށް ބުނީ އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު އަންހެންކުއްޖާގެ ހާލު ނާޒުކު ނޫން ކަމަށާއި ނަމަވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.