ރާއްޖޭގެ މާލީ ނިޒާމު އެއްކޮށް ރުފިޔާއަށް ބަދަލުކުރުމަށް ދިހަވަރަކަށް އަހަރު ނަގާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައެއް ގާނޫނުތައް ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ލީގަލް ޓެންޑާ ދިވެހި ރުފިޔާއިން ކުރެވޭ ހިސާބަށް ދިއުން އެއީ އަމާޒެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެއީ އެއް ދުވަހުން ދެ ދުވަހުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ދިހަ ވަރަކަށް އަހަރު ނަގާނެ ކަމަށެވެ.
"އެއީ އެއް ދުވަހުން ދެ ދުވަހުން ވާނެކަމެއް ނޫން. ރާއްޖޭގެ އިންވެސްޓްމަންޓުތަކާއި ލޯނުތަކާ ގުޅިގެން އެބަހުރި ބަލަން ޖެހޭ ކަންތައްތައް. އަޅުގަނޑު ގަބޫލުކުރަނީ ދިހަ ވަރަކަށް އަހަރު ނަގާނެ ކަމަށް އެހާ ހިސާބަށް ގެންދަން. މާނައަކީ 2035 އާ ހިސާބަށް ދާއިރު މުޅި ރާއްޖޭގެ ނިޒާމު ބަދަލުކުރެވޭނެ ކަމަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަކީ ބޭރު ފައިސާ ގިނަ އަދަދަކަށް ބޭނުންކުރާ ގައުމަކަށް ވުމުން އޭގެ ކުރިންވެސް ދިވެހި ފައިސާއިން ކުރާ މުއާމަލާތްތައް އިތުރުކުރަން އިސްކަން ދެއްވާނެ ކަމަށެވެ.
"ރާއްޖޭގައި ބޭރު ފައިސާ ވަރަށް ބޮޑަށް ބޭނުން ކުރެވޭ. އެހެންވީމާ އެ ހަގީގަތާ އެކީގައި ތަފްސީލީ މަސައްކަތްތަކަށް ކުރަން ޖެހެނީ" ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވިއިިރު ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް 2030 ވަނަ އަހަރު އަންނަންވާއިރަށް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ މި ފަހުން ވިދާޅުވެފައެވެ.
މުނައްވަރު ވަނީ ރާއްޖެ ވާން ޖެހޭނީ ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތްތަކެއް ހިންގާ ގައުމަކަށް ކަމަށާއި މުސާރަތައް ވެސް ދިވެހި ރުފިޔާއިން ދޭ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް