ނޫސްވެރިން ރިސޯޓުތަކަށް ގޮސް އެތަންތަނުގެ ހަގީގީ އާމްދަނީ ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހަގީގީ މައުލޫމާތު ދައްކައިފި ނަމަ ރާއްޖޭގެ އެއްވެސް ރިސޯޓަކަށް 40 ޕަސަންޓު އާމްދަނީ އެމްއެމްއޭއަށް މާރުކުރަން އުނދަގުލެއް ނުވާނެ ކަމަށެވެ.
"އަޅުގަނޑު އެދެނީ ނޫސްވެރިން ކިބައިން ތިބޭފުޅުން ވަޑައިގެން ރިސޯޓުތަކުގެ ހިސާބު ކިތާބު ދެއްކުމަށް އެ ބޭފުޅުންނަށް ދަންނަވަން އަސްލު މައުލޫމާތު" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އާމްދަނީގެ 40 ޕަސަންޓު މާރުކުރަން ޖެހެނީ ޓެކްސް އުނިކުރުމަށް ފަހުގައި ކަމަށެވެ.
ރައީސް ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ ކަންކަމަށް އެއްވެސް ރިސޯޓަކުން މަކަރު ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެމްއެމްއޭއަށް ލިބޭ ޑޮލަރު އިތުރުވުމަކީ ގައުމުގެ އިގްތިސޯދަށް ހަރަދުކުރަން ހުންނަ ފައިސާ އިތުރުވެ އިގުތިސޯދީ ހަރަކާތްތައް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް