ސަރުކާރު ކުންފުނިތައް ރައިޓް ސައިޒްކޮށް ނިމޭއިރު އެ މަނިކުފާނު ސަރުކާރު ހަވާލުވިއިރަށްވުރެވެސް މުވައްޒަފުންގެ އަދަދު މަދުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތައްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ ރައިޓްސައިޒް ކުރުމުގެ މަސައްކަތް ނިމޭއިރު ސަރުކާރުން ކުންފުނިތަކުން 6،000 ވަރަކަށް މުވައްޒަފުން މަދުވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިހާރު ހިނގާ ރައިޓް ސައިޒުކުރުމުގެ މަސައްކަތް ނިމޭއިރުގައި ވެއްދި އަދަދަށްވުރެ މަދު ކުރި އަދަދު 6،000 އެތައް މުވައްޒަފުންނެއް މަދުވާނެ. މިހާރު ހިސާބުތައް ދާގޮތުން. މަދުވާ އަދަދު. އެހެންވީމަ އަޅުގަނޑުމެން ހަވާލުވިއިރުގައި އެސްއޯއީތަކުގައި ތިބި އަދަށްވުރެ މަދުވެގެންދާނެއޭ މާނައަކީ،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ރައިޓް ސައިޒް ކުރުމުގެ ގޮތުން ކުންފުނިތަކުގެ 33 ޕަސަންޓް މުވައްޒަފުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)ން ވަނީ އަންގައިފައެވެ.
އަދި އެ މަސައްކަތް ޖުލައި 13 ފަށައި ތިން މަހުގެ ތެރޭގައި ނިންމުމަށްވެސް ޕީސީބީން ވަނީ ކުންފުނިތަކަށް އަންގައިފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް