ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ބައްޕައާއި ދަރިފުޅަށް އަނިޔާވެ، ބައްޕަގެ ހާލު ސީރިއަސްވުމުގެ ސަބަބުން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ފާތުމަތު ޒަހިއްޔާ ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައިވަނީ ހިޔާ ޓަވަރު 9 ގެ ކައިރީގައި ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވި ދެބަފައިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ލިބުނު އަނިޔާތަކުގެ ސަބަބުން ބައްޕައަށް ފަރުވާ ދެމުންދަނީ އައިސީޔޫގައިކަމަށް ޒަހިއްޔާ ވިދާޅުވިއެވެ.
ޒަހިއްޔާ ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުޑަކުއްޖަކު ނިޔާވެފައިވާ ކަމަށާއި، އަދި މިއަދު މެންދުރުފަހު އުސް އިމާރާތަކުން ވެއްޓިގެންވެސް ކުޑަކުއްޖެއްގެ ފުރާނަ ގެއްލިފައިވާތީ ކަންބޮނޑުވާ ކަމަށެވެ.
ހުޅުމާލޭ ފޭސް ދޭއްގެ މަގުތަކުގެ ޓްރެފިކް އެކަށީގެންވާ ގޮތެއްގައި ބެލެހައްޓަމުން ނުދާކަމަށް އޭނާ ވިދާޅުވިއެވެ. ހާއްސަކޮށް އެންމެ ބާރުބޮޑު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވޭ ވިނަރެސް ޓަވަރުތައް ވަށައިގެންވާ ސަރަހައްދުތަކުގައި ޓްރެފިކް ނުބެލެހެއްޓުމުގެ ސަބަބުން އެފަދަ ހިތާމަވެރި ހާދިސާތައް ދަނީ އިތުރުވަމުންކަމަށް އޭނާ ވިދާޅުވިއެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
އަދިވެސް މިތަނަށް ނުކަތާވަރަށް މީހުން ގިން ކުރޭ
ރައްޔިތު މީހާ - 4 ދުވަސް ކުރިން
ޓްރެފިކް ނުބަލަހައްޓައިގެންތަ ކަލޭމެން ކުދިން ދުއްވާނެ ގޮތަކަށް ދުއްވާ ނަގަނީތި؟ އަމިއްލަ ޒިންމާއެއް ނޯވޭ ދޯ ކަލޭމެން ކުދިންގެ؟ ކޮންމެކަމެއް ފުލުހުންގެ ބޮލަށް ކަނޑާލައިގެން ތިބޭ ކަލޭމެން.
ޒަހިއްޔާގެ މަންމަ - 4 ދުވަސް ކުރިން