ވިސާއާނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މި އަހަރުގެ މެއި 19ގެ ކުރިން ތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުގައި، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމިއެވެ.
އެގޮތުން ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހަށް ކުޑަކުރިއެވެ. ނަމަވެސް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ތައިލޭންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، މިކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެއްވިއެވެ. އެ މަޝްވަރާތަކަށްފަހު ޖުލައި މަހުގެ 14 ގައި ތައިލެންޑްގެ ކެބިނެޓުން ވިސާ ޕޮލިސީ މުރާޖާކޮށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދޭ ގޮތަށް ހަމަޖެއްސިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ތައިލޭންޑްގެ ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް މިދިޔަ ހޯމަ ދުވަހު ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި މަހުގެ 15 އިން ފެށިގެން އެބަދަލުތަކަށް އަމަލުކުރަން ފެށޭނެ ކަމަށެވެ. އަދި ތައިލޭންޑްގެ ވިސާ އަށް ގެނައި ބަދަލާ ގުޅިގެން މިމަހު 15 އިން ފެށިގެން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި، އެ ގައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފާތިމަތު ލިއުޝާ
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ކޮމެންޓް